ކުޅުދުއްފުށީގައި އިމާރާތްކުރަމުންދިއަ ގެއެއްގެ މަތިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.
ކުޅުދުއްފުށީ ނޫހެއް ކަމަށްވާ ކުޅުދުއްފުށި ލައިވްގައި ބުނެފައިވަނީ ކުޅުދުއްފުށީ ހިރަފުސް ދަނޑުގެ އިރުމަތި ފަރާތުގައި އިމާރާތްކުރަމުންދިއަ ގެއެއްގެ މަތީބެރި އެޅުމުގެ މަސައްކަތް ކުރަމުންދަނިކޮށް ވެއްޓިފައިވަނީ ބަނގުލަދޭޝް ފިރިހެނެއް ކަމަށެވެ. އަދި މިއަދު ހެނދުނު 9:45 ހާއިރު ހިނގި މިހާދިސާގައި އެމީހާގެ ބޮލުގެ ވައަތް ފަރާތް ވަރަށް ބޮޑަށް ވަނީ ފަޅައިގެން ގެސްފައި ކަމަށް އެ ނޫހުގައި ބުނެފައި ވެ އެވެ.
”އިމާރާތުގެ 14 ވަރަކަށް ފޫޓް މަތީގައި މަސައްކަތް ކުރަމުން ދަނިކޮށް އެމީހާ ވެއްޓިފައިވަނީ ސިމެންތިގަލުން ރާނާފައިވާ ފާރުގެ ބަޔަކާއެއްކޮށެވެ. ވެއްޓުނު ފާރުގެ ބައިގައި ލޭ ހުރިކަން ފާހަގަކުރެވެއެވެ“ އެ ނޫހުގައި ބުނެފައި ވެ އެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވަނީ އެމްބިއުލާންސްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެމީހާއަށް މިހާރުދަނީ ފަރުވާ ދެމުން ކަމަށެވެ.