200 ކަންބަޅި ވަގަށްނެގި ފަސް މީހަކު ނުވަ އަހަރަށް ޖަލަށް

އެކުވެރި އަރަބި އިމާރާތުގެ 21 ފާމަކުން 200 ކަންބަޅި ވަގަށްނެގި ފަސް މީހަކު ނުވަ އަހަރަށް ޖަލަށްލުމަށް އަބޫދާބީގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ.

މި ފަސްމީހުންނަކީ އޭސިއާއަށް ނިސްބަތްވާ ފަސް މީހުންނެވެ. މި މީހުންގެ މައްޗަށް ހުކުމް އިއްވީ އެމީހުން އެ ކަންބަޅިތައް ވަގަށްނެގިކަމަށް އިއުތިރާފު ވުމުންނެވެ.

އެ ފަސްމީހުންގެ ތެރޭގައި ހިމެނެނީ އެގައުމުގައި މަސައްކަތުމީހެއްގެ ވަޒީފާ އަދާކުރާ ތިން މީހަކާއި ޑްރައިވަރުކަންކުރާ ދެމީހެކެވެ. މި މީހުން ވަގަށްނެގި ކަންބަޅިތަކުގެ އަގު އެއްލައްކަ ފަންސާސް ހާސް ދިރުހަމަށް އަރަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *