ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް

”ބަޔަކު މަސައްކަތް އެކުރަނީ ތަރުޖަމާނުގެ އަގުވައްޓާލަން“

ބަޔަކު މަސައްކަތް އެ ކުރަނީ ރައީސް އޮފީހުގެ ތަރުޖަމާނުގެ އަގު ވައްޓާލަން ކަމަށާއި އެކަމަކީ ބަޔަކު ޒާތީގޮތުން ޖައްސާލައިގެން ކުރަމުން އަންނަ ކަމެއް ކަމަށް ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

”ތަރުޖަމާނު ނަމުގައި ޓްވީޓް ކުރަނީ ކާކު“ މި ސުރުހީގެ ދަށުން ރައީސް އޮފީހުގެ ތަރުޖަމާނުގެ ގާބިލިއްޔަތު ކަމާމެދު ސުވާލު އުފައްދާ އޮންލައިން ނޫހެއްގައި މިރޭ ރިޕޯޓެއް ލިޔެފައިވާއިރު ނަން ހާމަނުކުރުމަށް ސަރުތުކޮށް ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ އެކަމަކީ ރައީސް އޮފީހުގައި މަސައްކަތް ކުރުމަށްފަހު ވަޒީފާއަށް ފަރުވާ ކުޑަކުރުމުން ވަޒީފާއިން ކަނޑާލާފައިވާ އަދި މިހާރު ނޫހެއްގެ އިސް މަގާމެއްގައި ހުރި މީހަކު އަމިއްލަ ޒާތީ ބޭނުމެއްގައި ލިޔެފައިވާ ރިޕޯޓެއް ކަމަށެވެ.

ރައީސް އޮފީހުގެ އޮފިޝަލް ވަނީ މިބުނާ ނޫހެއްގައި ޖަހާފައިވާ ރިޕޯޓަށްވެސް ރައްދު ދެއްވާފައެވެ. އެ އޮފިޝަލް ވިދާޅުވީ އެ ރިޕޯޓްގައި ތަރުޖަމާނުގެ ޓްވީޓްތައް އެޑިޓްކޮށްގެންވެސް ބޭނުންކޮށްފައިވާކަމަށެވެ. އަދި އެފަދައިން ބައެއް ޓްވީޓްތައް އެޑިޓްކޮށްގެން ތަރުޖަމާނުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވީޓަކަށް މިރޭ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ ޓްވީޓްގައި ތަރުޖަމާނު ޓްވީޓް ކުރައްވާފައިވަނީ ”China is one the most ’Powerhouses‘ of the world“ – President” “ އެވެ. ހައްދުންމަތީ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިރޭ ވިދާޅުވަނީ  One of the power houses of the world  އެވެ އެއަށްފަހު ވިދާޅުވަނީ the major power houses of the world  އެވެ. ތަރުޖަމާނު ކުރެއްވި ޓްވީޓްގައި މަދުވެފައިވަނީ of  މިބަސް އެކަނި ކަމަށާއި ލައިވް ކޮށް ޓްވީޓް ކުރާއިރު މިފަދަ ކުޑަ ކުށެއް ކުރެވުމަކީ ކުރެވިދާނެކަމެއް ކަމަށްވެސް ރައީސް އޮފީޙުން ދުވަހަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. ހަޤީޤަތް ހާމަ ކޮށްދެއްވީތީ ޝުކުރިއްޔާ ދުވަސް ނޫހަށް. ތިޔައީ ބައެއް ދިވެހިންގެ ވައްތަރު، ފަރުވާކުޑަވެގެން އޮފީހުން ކަޑާލީމަ ޒާތީ ގޮތުން ދެންތިބިމީހުނާ ޖައްސާލީމަ އެ ނިމުނީ…ނަސީބެއް ތިބުނާ ނޫސްވެރިއަކު ކަޑާލިކަން.

  2. ތެދެއް…ލައިވް ޖަލްސާއެއްގައި ކިޔަމުންދާ ތަކެތި އަވަސްކޮށް ޓްވީޓް ކުރާއިރު ހަމަ ތިހެންވެދާނެ…އެއީ މާބޮޑު މައްސަލައެއްނޫން.

  3. އަޅާނުލާ މުއާ…އެކަހަލަ މީހުންނަށް އެހެން މީހުނާ ޒާތީވެގެން އުޅުމުގެ ހިތިނަތީޖާ އަދި ފެންނާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *