ދިރާގުން 15 ޖީބީގެ ޑާޓާއާއިއެކު ސްމާޓްޕްރިމިއަމް ޕްލަސްގެ ނަމުގައި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ، މުޅިން އާ ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.
ދިރާގުން މިއަދު އަލަށް ތަޢާރަފް ކުރި މި ޕެކޭޖުގައި 15 ޖީބީގެ ޑާޓާ ހިމެނޭއިރު، ހުރިހާ ނެޓްވޯކެއްގެ ނަންބަރުތަކަށް ގުޅުމަށް 5000 ހިލޭ މިނެޓާއިއެކު ކަސްޓަމަރު ހިޔާރުކުރައްވާ 3 ނަންބަރަކަށް ހިލޭ ގުޅާލުމަށް ޖުމްލަ 8600 މިނެޓުގެ ޓޯކްޓައިމް ލިބިވަޑައިގަންނަވާނެ ކަމުގައި ދިރާރުން ހާމަކުރެ އެވެ.
”މީގެ އިތުރުން މި ޕެކޭޖުގައި 3000 އެސްއެމްއެސް އާއި އެކު ކަސްޓަމަރު ހިޔާރު ކުރައްވާ ކޮންމެވެސް 1 ޤައުމަކަށް %50 ޑިސްކައުންޓާއިއެކު ގުޅުއްވޭނެ، މި ޕެކޭޖުގެ މަހުފީ އެއްގެ ގޮތުގައި ދިރާގުން ކަނޑައަޅާފައިވަނީ 999 ރުފިޔާއެވެ. އަދި މިއީ ދިރާގުގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ޕެކޭޖެއް“ ދިރާގުން ހާމަކުރެ އެވެ.
ދިރާގުން ވަނީ ދާދިފަހުންވެސް ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ އެލަވަންސްތަކާއި އަގުތަކަށް ހެޔޮ ބަދަލެއް ގެނެސްފައެވެ. އެގޮތުން ސްމާޓް 899، ސްމާޓް 499 އަދި ސްމާޓް 299 ގެ ނަމުގައި ވަނީ އަގުހެޔޮކޮށް، ބައެއް ޕެކޭޖްތަކަށް ބަދަލުތަކަކާއިއެކު ތައާރަފްކޮށްފައެވެ.
އަގުތަކަށް ގެނެވުނު ބަދަލާއި، އަލަށް ތައާރަފް ކުރެވުނު މި ޕެކޭޖާއިއެކު، ރާއްޖޭގައި ލިބެން ހުރި އެންމެ އަގުހުރި ޕޯސްޓްޕެއިޑް ޕެކޭޖްތައް މިހާރު ލިބިގެންދާނީ ދިރާގުން ކަމަށް ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލް ވިދާޅުވިއެވެ.
އިމްޖާދް އިތުރަށް ވިދާޅުވީ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ އާ ހިދުމަތްތަކާއި ޕްރޮޑަކްޓްތައް ބާޒާރަށް ނެރުމާއިއެކު މިހާރު ދެމުންގެންދާ ހިދުމަތްތަކަކީ ވެސް ކަސްޓަމަރުންނަށް ކަމުދާނެ، އަގުހުރި ހިދުމަތްތަކެއްކަމުގައި ހެދުމަށެވެ. އެގޮތުން މިއަދު މި ތައާރަފް ކުރެވިގެން ދިޔަ ޕެކޭޖާއިއެކު ދިރާގުގެ ޕޯސްޓްޕެއިޑްގެ ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެކަމަށް ޔަގީން ކުރާކަމަށެވެ.
މި ޕެކޭޖާއިއެކު ތަފާތު ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިގެން ޕޯސްޓްޕެއިޑްގެ ތަފާތު 6 ޕެކޭޖެއް މިހާރު ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެކަމަށާއި މި ޕެކޭޖުތަކާއި ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއްވަ އެވެ.