އިހަވަންދޫގައި ޑެންގޫހުން އިންތިހާއަށް ފެތުރެނީ: ރައްޔިތުން ގޮތް ހުސްވަނީ

ހއ. އިހަވަންދޫގައި ޑެންގީހުން އިންތިހާއަށް ފެތުރި، މުޅި ރާއްޖެއިންވެސް ޑެންގީ ހުން އެންމެ ގިނައިން މިހާރު ފެންނަމުން ދަނީ ހއ. އިހަވަންދޫ އިން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.

އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން މިހާތަނަށް އެރަށުން60  މީހުން ވަނީ ޑެންގީ ހުމަށް ޕޮޒިޓިވް ވެފައެވެ. މިއީ ފުރަމާލެ އިން މި މުއްދަތުގެ ތެރޭގައި ޑެންގީ ހުން ޖެހިފައިވާ މީހުން ފެނު ޢަދަދަށްވުރެ 4 މީހުން އިތުރު ޢަދަދެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

13606520_1066456140100259_7401460131698739077_n

މި މުއްދަތުގެ ތެރޭގައި މާލެއިން ޑެންގީ ހުން ޖެހިގެން 21 މީހުން ރިޕޯޓު ކޮށްފައިވާ އިރު، ދެން އެންމެ ގިނައިން މި މުއްދަތުގެ ތެރޭގައި ޑެންގީ ހުން ޖެހިގެން ރިޕޯރޓު ކޮށްފައިވަނީ ހުޅުމާލެ އާއި ލ. އިސްދޫ އިން ކަމަށްވެސް އެ ރިޕޯޓުަގައިވެއެވެ. އެގޮތުން އެދެރަށުން ޑެންގީ ހުން ޖެހިގެން 9 މީހުން ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭގެ ރިޕޯޓުގައިވެއެވެ.

އާބާދީގައި  3300 އެއްހާ މީހުން ދިރިއުޅެމުންދާ އިހަވަންދޫގައި ޑެންގީ ހުން ފެތުރެމުންދާތީ އިހަވަންދޫގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ 2 ޖަމިއްޔާ ކަމަށްވާ އިހަވަންދޫ މަސްވެރިންގެ ގުޅުމާއި ކުލަބު ޕޯލްސްޓަރ އަދި ސއްިހީ މަރުކަޒު ގުޅިގެން އަންނަނީ ރަށުތެރެ ސާފުކުރުމުގެ ބޮޑެތި ޕްރޮގުރާމުތަކެއް ހިންގަމުންނެވެ.

13631652_1066456310100242_4691660433737312055_n

އިހަވަންދޫ ސިއްޙީމަރުކަޒުގެ ފަރާތުންވެސް މަދިރި ކޮންޓްރޯލް ކުރުމަށް ރަށުގެ އެކި ހިސާބުތަކުގައި މަދިރި އާލާވެ އުފެދޭ ގޮތަށް ހުރި ފެންގަނޑުތަކަށް ކެމިކަލް އެޅުމާއި ރަށުތެރެ ފޮގު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ރަށުގެ ކުނިގޮނޑުގައި ހުރި ފުޅި އާއި ދަޅުފަދަ ތަކެއްޗާއި ފަޅު ގޯތި ތަކުގައި ހުރި ވަޅުފަދަ ތަންތަނާއި އެހެނިހެން ތަކެއްޗާއި ތަންތަނުގައި ފެން އުފެދޭގޮތަށް ހުރި ތަންތަނަށް ކެމިކަލް އެޅުމާއި ރަށުތެރެ ސާފު ކުރުމާއި ރަށުތެރެއަށް ފޮގު ކުރުމުގެ ކަންކަންވެސް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ. އަދި އިހަވަންދޫ މަދަރުސާގެ އެހީތެރިކަމާއި އެކު ޑެންގީ ހުމުގެ މަޢުލޫމާތު ދިނުމާއި ހޭލުންތެރި ކުރުމަށް ޑޯރޓުޑޯ ޕުރޮގުރާމެއްވެސް ވަނީ ހިންގާފައެވެ.

އެ މަސައްކަތުން ރަށުގެ ބޮޑުބައެއް ސާފުކޮށް، ރަށުތެރެއިން މަދިރި ފެންނަ މިންވަރު ދަށްވެފައިވީނަމަވެސް ޑެންގީ ހުން ޖެހެމުންދާ މިންވަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އެރަށު ސިއްޙީ މަރުކަޒުން ބުނެއެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *