ހުޅުމެލެއާއި މާލެ އާއި ދޭތެރޭ އަޅާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ލަސްވާކަމަށް ދެކެވޭ ވާހަކަތައް ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިޒު ދޮގު ކުރައްވައިފި އެވެ.
ބްރިޖްގެ މަސައްކަތައް ލަސްވަމުންދާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުރިންވެސް ރޭވިފައިވާގޮތަށް 2018 ވަނަ އަހަރުގެ ޖުލައި މަހު ބްރިޖްގެ މަސައްކަތް ނިންމާ ހުޅުވާނެ ކަމަށެވެ. އެ މަސައްކަތް ކުރިޔަށް ދަނީ ވަރަށް ހަލުވި ކަމާއި އެކުކަމަށްވެސް ޑރ މުއިޒު ވިދާޅުވި އެވެ.
China-Maldives Friendship Bridge project is on schedule, and expected to be unveiled on 26th July 2018 IA. Reports of delays are baseless.
— Dr Mohamed Muizzu (@MMuizzu) July 10, 2016
މިނިސްޓަރު މިގޮތަށް ޓުވީޓު ކުރެއްވީ މޫސުން ގޯސްވެ ބްރިޖްގެ މަސައްކަތަކަށް ކޮންމެސް ވަރަކަށް ހުރަސްއެޅެމުންދާކަމަށް ހައުސިންގ މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓު ކުރުމުންނެވެ.
ޗައިނާ-މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖްގެ ދިގުމިނުގައި ދެ ކިލޯމީޓަރު ހުރެ އެވެ. އަދި ފުޅާ މިނުގައި 20.3 މީޓަރު ހުންނާނެކަމަށް ބުނެފައިވެ އެވެ.