2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރިޔާސީ ކެމްޕޭންގެ ފުރަތަމަ ޕޯސްޓަރު ޓްވިޓާގައި އާންމު ކުރައްވައިފި އެވެ.
އެ ޕޯސްޓަރުގައި ބުނެފައިވަނީ ”ޕީޕީއެމް އުފެއްދީ ހަމައެކަނި ގައުމަށް ހިދުމަތް ކުރަން، އަމިއްލަ ނަފްސުގެ ކުރިއަށް ގައުމު ނެރެން، ފައިސާގެ ކުރިއަށް ގައުމު ނެރެން“ ކަމަށެވެ.
ކެމްޕޭނުގެ ސްލޯގަންގެ ގޮތުގައި މިފަހަރުވެސް ބުނެފައިވަނީ ”ހައްލަކީ އުމަރު“ ކަމަށެވެ. ކެމްޕޭން ޕޯސްޓަރުގައި ޕީޕީއެމްގެ ލޯގޯ ހިމަނާފައިވާއިރު ބެކްގްރައުންޑްގައި ކާލާ މަންނަ އިނުމުން ސިޔާސީ ތާސްބައިގާ ކާލާ މަންނަ އަކީ އުމަރު ކަމަށް ގަބޫލު ކުރާ ކަމުގައި ބެލެވެ އެވެ.
ކެމްޕޭންގެ ކުރުގޮތަކަށް ”ޔޫ 2018“ ލިޔެފައިވާއިރު އިތުރު ސްލޯގަންއެއްގެ ގޮތުގައި ”މޯލްޑިވްސް އިން ޓު އަ ބެޓަރ ނޭޝަން“ ލިޔެފައި ވެ އެވެ.
One Response
ކާލާ މަންނަ އިނީ