ބ. މާޅޮހުގެ ފެން ޕްލާންޓަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާ ޕެނަލްތަކެއް ހަރުކުރަނީ

ބ. އަތޮޅު މާޅޮހުގެ ފެން ޕްލާންޓަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާ ސިސްޓަމްތަކެއް އެރަށަށް ގެނެސް، ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާއިބެހޭގޮތުން ދުވަސްއެމްވީއަށް މަޢުލޫމާތު ދެއްވަމުން މާޅޮހު ކައުންސިލަރ އާދަމް ޔޫސުފް ވިދާޅުވީ އެއީ އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ މާރސް ޖަމިއްޔާއިން ޔޫއެންޑީޕީއަށް ހުށަހެޅި ޕްރޮޖެކްޓެއްގެ ދަށުން ލިބުނު ސޯލާ ޕެނަލްތަކެއް ކަމަށެވެ.އަދި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެ މަސައްކަތުގައި ހަރަކާތްތެރިވަނީ ކައުންސިލަރުންނާއި މާރސް ޖަމިއްޔާގެ މެންބަރުންނާއި ރަށުގެ ރައްޔިތުން ކަމަށްވެސް އާދަމް ޔޫސުފް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތަށް ގާތްގަޑަކަށް 5 ލައްކައެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ދުވާލަކު 20 ކިލޯގެ ކަރަންޓު މި ޕެނަލްތަކުން އުފައްދާނެ ކަމަށެވެ.

މި ޕެނަލްތަކާއެކު 10 ކިލޯގެ ބެޓެރީ ސިސްޓަމެއް ގެނެސްފައިވާ ކަމަށްވެސް އާދަމް ޔޫސުފް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *