ދުވަހުގެ ރެކޯޑްގެ މިއަދުގެ ސެގްމެންޓްގައި މި ގެނެސްދެނީ ދުނިޔޭގައި ހުރި އެންމެ އަނގަބޮޑު މީހާގެ މައުލޫމާތެވެ. އެއީ އިޓަލީގެ ރޯމްއަށް އުފަން ފްރާންސިސްކޯ ޑޮމިންގޯސް ޖޯކުއިންސް އެވެ.
ފްރާންސިސްކޯ މި ރެކޯޑް ގާއިމްކޮށްފައިވަނީ 18 މާރިޗް 2010 ވަނަ އަހަރުގަ އެވެ. އޭނާގެ އަނގައިގެ ދެ ފަރާތުގައި ހިފާ ދަމާލުމުން އަނގަ 17 ސެންޓިމީޓަރަށް ހުޅުވެ އެވެ.
ފްރާންސިސްކޯގެ މި ރެކޯޑް އަދި މިހާތަނަށް އެއްވެސް މީހަކަށް މުގުރާލެވިފައެއް ނުވެ އެވެ.