ފުލުހުން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހދ ކުޅުދުއްފުށި މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ، ހދ. ކުޅުދުއްފުށި، ޗާނދަނީގެ، މުޙައްމަދު ފާރިޙު (26އ) އަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.
މުޙައްމަދު ފާރިޙާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެ އެވެ.