ނިމިދިޔަ ހަފްތާގެ ތެރޭގައި ޖަޕާނުގައި ކުރިއަށްދިޔަ ނީލަމެއްގައި މޭބިސްކަދުރު ކޯންޏެއް 10 ހާސް ޑޮލަރަށް ވިއްކާލައިފި އެވެ.
ޖަޕާނުގެ ނޫސްތަކުގައިވާގޮތުން މިހާ އަގުބޮޑުކޮށް ނީލަމުގައި ވިއްކާލި މޭބިސްކަދުރަކީ ”ރޫބީ ރޯމަން“ މޭބިސްކަދުރު ކޯންޏެކެވެ. އެ ކޯނީގައި އިނީ 30 މޭބިސްކަދުރު ކަމަށްވާއިރު މޭބިސްކަދުރަކަށް 350 ޑޮލަރު ޖެހެ އެވެ.
ރޫބީ ރޯމަން ކްލަބް ވެބްސައިޓްގައި ބުނާގޮތުން އެ މޭބިސްކަދުރުތަކަކީ އިޝިކަވާ ޕާފެކްޗާ ކިޔާ ވަކި ހާއްސަ ތަނެއްގައި އާލާކޮށްފައިވާ މޭބިސްކަދުރެއް ކަމަށާއި އެ މޭބިސްކަދުރު ”ރޫބީ ރޯމަން“އަށް ކޮލިފައިވާއިރު އޭގެ ކޮންމެ މޭބިސްކަދުރެއްގެ ބަރުދަނުގައި 20 ގްރާމް އަދި މަދުވެގެން 18 އިންސައްތަ ހަކުރު ހުންނާނެ އެވެ.
މި މޭބިސްކަދުރަކީ ވަރަށް މަދު އެއްޗަކަށްވާއިރު މީގެ މޭބިސްކަދުރު ކޯންޏެއް އެންމެފަހުން ނީލަން ކިޔާފައިވަނީ 2008 ވަނަ އަހަރުގަ އެވެ.
10 ހާސް ޑޮލަރަށް މޭބިސްކަދުރު ކޯނި ގަތް ފަރާތުން ހާމަކޮށްފައިވާގޮތުގައި ބައެއް ފަރާތްތަކަށް އެ މޭބިސްކަދުރުގެ ރަހަ ދެއްކުމަށް އޭނާ ނިންމާފައި ވެ އެވެ.