މަދީނާގައި ދިން ޓެރަރިސްޓް ހަމަލާގައި ނިޔާވި ސެކިއުރިޓީ އޮފިޝަރެއްގެ ވާހަކަ

މިދިޔަ ހޯމަ ދުވަހު މައްކާ އަދި މަދީނާގެ ތިން ސަރަހައްދެއްގައި އަމިއްލަ ޖާނު ގޮއްވާލައި ބަޔަކު ޓެރަރިސްޓް ހަމަލާތަކެއް ދީފައިވާއިރު އެ ހަމަލާތަކުގެ ތެރެއިން މަސްޖިދުއްނަބަވީ ކައިރީގައި ދިން ހަމަލާގައި ހަތަރު ސެކިއުރިޓީ އޮފިޝަރަކު ނިޔާވި އެވެ.

އެ އޮފިޝަރުންގެ ތެރެއިން އެއް އޮފިޝަރު ކަމަށްވާ ޕްރައިވެތް އަބްދުލްރަހްމާން އަލް-ޖުހާނީ އާއިބެހޭގޮތުން ކޮންމެވެސް ވަރެއްގެ މައުލޫމާތުތަކެއް ސައުދީ ނޫސްތަކުގައި މިވަނީ އާންމުކޮށްފަ އެވެ.

ސައުދީ ނޫސްތަކުގައި ވާގޮތުން ޖުހާނީ އަބްދުލްރަހްމާން އަކީ 9 މެމްބަރުން ހިމެނޭ އާއިލާއެއްގައި ވަޒީފާ އަދާކުރާ ހަމައެކަނި މެމްބަރެވެ. އާއިލާގެ އެންމެންގެ ދިރިއުޅުން ބަރޯސާވެފައި އޮންނަނީ އަބްދުއްރަހްމާނަށް ލިބާ މުސާރައިން ކަމަށް ސައުދީ ނޫސްތަކުގައި ވެ އެވެ.

”އެ ހާދިސާ ހިނގުމުގެ އެއް ދުވަސްކުރިން އެއްދުވަހަކު މުޅި އާއިލާ އެއްކޮށް، އާއިލާގެ ހާޒިރުގައި އަބްދުއްރަހްމާން އޭނާގެ މަންމައަށް ރަން ކެވެލިގަނޑެއް ދިން، އަބްދުއްރަހްމާނަކީ އަބަދުވެސް ފަގީރުންނަށް ސޮދަގާތް ދީ އުޅުނު މީހެއް“ ސައުދީ ނުސްތަކުގައި ބުނެފައި ވެ އެވެ.

ސައުދީ ނޫސްތަކުގައިވާގޮތުން އަބްދުއްރަހްމާން އެންމެ ލޯބިވަނީ އޭނާގެ މަންމަ ދެކެ އެވެ. މަންމައަށް ކާރެއްވެސް ގަނެދީފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *