އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ސަދަން އޭރިއާ ގައި ކަނޑު ދަތުރުކުރާ އުޅަނދުތައް ޗެކްކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ތެރެއިން އައްޑު އަތޮޅުގެ ބައެއް ރަށްތަކުގައި ދަތުރުކުރާ އުޅަނދުތައް ޗެކްކުރުމުގެ މަސައްކަތްވަނީ ކޮށްފައި ކަމަށާއި އަދި ހުވަދު އަތޮޅުގެ ބައެއް ރަށްތަކުގައި ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ މަސައްކަތް ވަނީ ކޮށްފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ. އަދި މީގެ އިތުރުން އައްޑު އަތޮޅާއި ހުވަދު އަތޮޅު އަދި ޏ.ފުވައްމުލަކު ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ކަނޑުމަގުން ޗެކްކުރުމާއި އަދި ބަނދަރު ކޮށްފައިވާ އުޅަނދު ފަހަރު ޗެކްކުރުމަށްވަނީ ހަމަޖެހިފައި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކަނޑުދަތުރު ކުރާ އުޅަނދުފަހަރުގެ އެންމެހާ ސަލާމަތީ ކަންކަން ރަނގަޅަށް ހުރިތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ.