ދަ ބުކް އޮފް ގިނީސް ވޯލްޑް ރެކޯޑްސްގައި ވާގޮތުން ދުނިޔޭގެ އެންމެ ނިޔަފަތިދު އަންހެނާގެ ނަމަކީ ކްރިސްޓީން ވޮލަޓަން އެވެ. އެއީ އެމެރިކާގެ ލާސްވެގާސްއަށް އުފަން އަންހެނެކެވެ. އުމަރަކީ 45 އަހަރެވެ.
ކްރިސްޓީންގެ އެންމެ ދިގު ނިޔަފަތީގެ ދިގުމިނުގައި ތިން ފޫޓު ހުންނައިރު ހުރިހާ ނިޔަފައްޗެއްގެ ދިގުމިން އެއްކޮށްލުމުން 23 ފޫޓު ހުންނަކަމަށް ގިނީސް ވޯލްޑް ރެކޯޑްސް އިން ހާމަކުރެ އެވެ.
ކްރިސްޓީން މި ރެކޯޑް ގާއިމްކުރީ 2011 ވަނަ އަހަރުގަ އެވެ. އޭނާ ބުނެފައިވާގޮތުގައި 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކްރިސްޓީން އޭނާގެ ނިޔަފަތި ކަނޑާފައެއް ނުވެ އެވެ.