ސިންގަޕޫރު ބޭންކެއްގެ ބްރާންޗަކަށް މީހަކު ވަދެ އެތާނގެ މުވައްޒަފެއްގެ އަތަށް ނޯޓެއް ދިނުމަށްފަހު އެ ބްރާންޗުން 22 ހާސް ޑޮލަރު ލޫޓުވާލައިގެން މީހަކު ފިލައިފި އެވެ. ސިންގަޕޫރު ފުލުހުން އަންނަނީ މިމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ
ސިންގަޕޫރު ފުލުހުން ހާމަކުރާގޮތުގައި އޭނާ، ބޭންކްގެ އެ ބްރާންޗަށް ވަނީ މެންދުރު ވަގުތުގަ އެވެ. ވަދެ އެތާނގެ މުވައްޒަފެއްގެ އަތަށް ނޯޓެއް ދިން ކަމަށާއި އަދި އެއަށްފަހު 222000 ޑޮލަރު ހިފައިގެން ދިޔަކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެ ކަރުދާސްކޮޅުގައި ލިޔެފައިވަނީ ކީކޭކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ސިންގަޕޫރު މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި މައްސަލައިގާ ސިންގަޕޫރު ފުލުހުން ހޯދަމުން އަންނަނީ އޮސްޓްރޭލިއާގެ ރައްޔިތެކެވެ.
2 Responses
ބާވީސްހާސްތަ ނޫނީ 222000
އޮޅިއްޖެ. ލިޔެފަ އެއްފަހަރު ނަމަވިސް ކިޔާލަބިޔާ ރަންކޮޅާ
ކިޔާލަބިޔާގެ މާނަ އަކީ ކޮބާ