އޮބާމާގެ ހަގުދަރި ސާޝާ އޮބާމާ ، ސާޝާގެ އުމުރަކީ 15 އަހަރު -
އޮބާމާގެ ހަގުދަރި ސާޝާ އޮބާމާ ، ސާޝާގެ އުމުރަކީ 15 އަހަރު -

އޮބާމާގެ ހަގުދަރި ސާޝާވެސް ޓްވިޓާގައި އުޅޭ، އެކަކަށްވެސް ސާޝާގެ އައިޑީ ނޭނގޭ!؟

މިއީ މި ހަފްތާގެ ތެރޭގައި ބައިނަލްއަގްވާމީ މީޑިއާގައި އެންމެ ގަދަޔަށް އެނބުރެމުން އަންނަ އެއް ހަބަރެވެ. އޮބާމާގެ ހަގު ދަރި ސާޝާ އޮބާމާވެސް ޓްވިޓާ ބޭނުންކުރާ ވާހަކަ އެވެ. އަދި ސާޝާގެ ޓްވިޓާ ހޭންޑަލް އެކަކަށްވެސް ނޭނގޭ ވާހަކަ އެވެ.

މި ކަން ބޮޑު ބަހުސަކަށްވެފައިވާއިރު މިކަން ހާމަވެފައިވަނީ އޮބާމާ ވިދާޅުވެފައިވާ ވާހަކަތަކަކުންނެވެ. އޮބާމާ ވިދާޅުވެފައިވަނީ ”ކޮންމެ މީހަކަށްވެސް ޓްވީޓް ކުރެވިދާނެ ކަމަށެވެ، ނަމަވެސް ވަޒީފާއެއް އަދާކުރުމުގައި ހުރި ދަތިތަށްއެނގޭނީ މޭޒު ދަށަށް ދިޔައިމަ“ ކަމަށެވެ.

އަދި ބުނެފައިވަނީ ސާޝާވެސް ޓްވީޓްކުރާ ކަމަށެވެ. އޮބާމާގެ މި ވާހަކައާއިއެކު ގިނަ ބަޔަކު ސާޝާގެ ޓްވިޓާ ހޭންޑަލް ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެ އެވެ. މީގެ ތެރޭގައި ބައިނަލްއަގްވާމީ މީޑިއާތައްވެސް ހިމެނެ އެވެ. ނަމަވެސް މިހާތަނަށް ސާޝާގެ ޓްވިޓާ ހޭންޑަލް މީހުންނަށް އެނގިފައެއް ނުވެ އެވެ.

އޮބާމާގެ އާއިލާ -
އޮބާމާގެ އާއިލާ –

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *