ދިރާގުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ”ދިރާގު މޯލްޑިވްސް ރޯޑްރޭސް“ ގައި ބައިވެރިވާ ޖަމްއިއްޔާތަކުގެ ތެރެއިން ހޮވާލެވޭ ފަސް ޖަމްއިއްޔާއަކަށް ޖުމްލަ އެއްލައްކަ ރުފިޔާ ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.
ވިހި ހާސް ރުފިޔާދޭ ފަސް ޖަމްއިއްޔާ ކަނޑައަޅާނީ ދިރާގު ރޯޑް ރޭހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްމެ ގިނަ ވޯޓްލިބޭ ފަސް ޖަމްއިއްޔާ އަށް ކަމަށް ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވިއެވެ.
މި ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ޖަމްއިއްޔާތަކަށް ހުޅުވާލާފައި ކަމަށް ދިރާގުން ވަނީ ބުނެފައެވެ. މި އަހަރުގެވެސް ރޯޑްރޭހުގެ ޝިއާރަކަށް އެ ކުންފުނިން ކަނޑައަޅާފައިވަނީ ކުޑަކުދިން ރައްކާތެރިކުރުމާއި އެކުދިންނަށް ކުރެވޭ ތަފާތު އަނިޔާތައް ހުއްޓުވުމުވެ. ރޭހުގެ ޕާޓްނަރ ޖަމިއްޔާއެއްގެ ގޮތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ޖަމިއްޔާތަކަކީ ވޭތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި މި ދާއިރާގައި އެދެވޭ މަސައްކަތް ތަކެއް ކޮށްފައިވާ އަދި ކުރިޔަށް އޮތް 12 މަސް ދުވަހުގެ ތެރޭގައިވެސް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ރާވާފައިވާ ފަރާތްތަކަކަށް ވާންވާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
މި ދާއިރާގައި މަސައްކަތް ކުރައްވާ ރާއްޖޭގެ ކޮންމެ ޖަމިއްޔާއަކަށްވެސް 16 ޖުލައި 2016 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާ އިރު، ހުށަހަޅަންޖެހޭ ތަކެއްޗާއި އަދިވެސް އިތުރު މައުލޫމާތު ރޭހުގެ ވެބްސައިޓް www.dmrr.mv އިން ލިބޭނެކަމަށް ދިރާގުން ބުނެއެވެ.
މީގެ އިތުރުން މިފަދަ ޖަމިއްޔާތަކަށް ފައިސާ ހޯދޭނެ ވަސީލަތެއް ޤާއިމްކޮށްދިނުމުގެ ގޮތުންނާއި އެ ޖަމިއްޔާއަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ފުރުސަތުވެސް ހޯދައިދިނުމުގެ މަޤްސަދުގައި ކުރެވިގެންދާ ކަމަކަށްވާއިރު ދިރާގުން ހަދިޔާ ކުރާ ފައިސާގެ އިތުރުން ދުވުމުގެ ބައިވެރިންގެ ޓީޝާޓް ވިއްކައިގެންވެސް ފައިސާ ހޯދުމުގެ ފުރުސަތު އެ ޖަމިއްޔާތަކަށް ހުޅުވިގެންދާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތިގެން ކުރިޔަށް ގެންދާ މި ރޭސް ވިދިވިދިގެން ކުރިޔަށްގެންދާތާ މިއީ 10 ވަނަ އަހަރެވެ.
ދިރާގު ރޯޑް ރޭސް ބާއްވާނެ ތާރީޚެއް އަންނަ މަހު އިއުލާންކުރާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
One Response
I love it whenever people get together and share views.
Great website, continue the good work! http://bing.co.uk