ލ. ފޮނަދޫ ބައެއް މަގުތަކުގައި ފެން ނުހިނދޭތީ އެކަން ހައްލުވޭތޯ އެރަށު ބަޔަކު ތަފާތު މުޒާހަރާއެއް ކޮށްފި އެވެ.
މި ތަފާތު މުޒާހަރާކޮށްފައިވަނީ ފޮނަދޫ ބަރާސިލް އަވަށު މެދުތެރޭގަ އެވެ.
ދުވަހަށް މައުލޫމާތު ދެމުން ބަރާސިލް މީހަކު ބުނީ ހެނދުނު ނިކުތްއިރު މަގުގައި ފެނިފައިހުރި ފެންގަނޑުތަކުގައި ފުޅިމަދު ތަކެއްގައި ކަރުދާސް ހަރުކުރުމަށްފަހު އެކި އެކި ޝުއޫރުތައް ލިޔެފައިވާކަމަށެވެ.
ފެންގަނޑަށް ދޫކޮށްފައިވާ މެސެޖްތަކަށް ބަލާއިރު ކައުންސިލަރުން އިސްތިއުފާ ދިނުމަށްވެސް ގޮވާލާފައި ވެ އެވެ.
”މި ރޯދަމަހުވެސް ނަމާދަށް ދާންޖެހެނޫވެސް ފެންގަނޑަށް އެރީގެން، ތަރާވީހަކަސް ދަމުނަމާދަކަސް، ކައުންސިލަރުން ކަރިރީވެސް މިކަމާ ވަރަށް އާދޭސްކޮށްފީމު، އެއްމެފަހުން މި ހިސާބަގަނޑުމީހުން ރުޅި އަރައިގެން ވެލިނަގާން އަތިރިއަށް އެރެނޫމާ ޕޮލިހަށް ގެންދިޔާ“ ދުވަހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
މިކަމާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް މެމްބަރު އަބްދުﷲ ފައިސަލް ވިދާޅުވީ މައްސަލައަކީ އެ ހިސާބުގައި އުޅޭ މީހުން އެތައް ފަހަރަކު ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލަ ކައުންސިލްގައި އެތައް ފަހަރަކު އެޖެންޑާވެސް ކޮށްފައި ވާކަމަށެވެ.
”އެ މައްސަލަ އެތައް ފަހަރަކު ކައުންސިލް ބައްދަލުވުމަށް އެޖެންޑާ ކުރަންވެސް މަސައްކަތް ކުރެވުނު، ރަށުގެ މަގުހަދަން ތިބޭ ޕަބްލިކް ސާވިސް މީހުން ބުނަނީ އެ މަގުތައް ހަނިކަމުން މަގުހަދަން ބޭނުންކުރާ ވެހިކަލްތައް ނުވެއްދޭ ކަމަށް“ ކައުންސިލަރު ވިދާޅުވި އެވެ.
ކައުންސިލަރު ފައިސަލް އިތުރަށް ވިދާޅުވީ ކޮންމެ ފަހަރަކުވެސް މަގުތަށް ހަދަމުން އައިއް އެ މަގުތަކާއި ހަމައިން ހުއްޓާލަނީ ކަމަށެވެ. އަދި އެ މަގުތަކަށް ވެލި ނާޅާތާ ތިން އަހަރު ވެފައިވާކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
3 Responses
Fonadhooo meehunah kereynooo thehkahala kantheh keraaan… Horah vadhe felsigen thibe
Dhn muzaaharaa kerey vaarey vehenuu eyh kiyaafaa
Dhen vaarey vehenuu eyh kiyaafaa muzaaharaa kerey