ފޮޓޯ: މިނިސްޓްރީ
ފޮޓޯ: މިނިސްޓްރީ

ހުޅުމާލޭ ފިޔަވަތީގައި ތިބޭ ކުދިންނާއެކު ޖެންޑަރ މިނސްޓަރ ފިތުރު ޢީދު ފާހަގަ ކުރައްވައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުން ގެންދާ ކުދިންނާއެކު، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، ޒެނީޝާ ޝަހީދު ޒަކީ، މިއަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަ ކުރައްވައިފިއެވެ.

އެގޮތުން އެކި ސަބަބުތަކާހުރެ އަޅާލާނެ ފަރާތެއް ނެތުމުން، ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ހުޅުމާލޭގެ ފިޔަވަތީގައި ބަލަހައްޓަމުން ގެންދާ ކުދިންގެ ތެރެއިން އުމުރުން 3 އަހަރުން ފެށިގެން 9 އަހަރާ ދެމެދު އުމުރުފުރައިގެ ކުދިންނާއެކު ކުޑަކުދިންގެ ކާރޓޫން ފިލްމެއްގެ ޚާއްސަ ޝޯވ އެއް ޝްވެކް ސިނަމާގައި ބައްލަވާލައްވާފައެވެ.

މި ހަރަކާތުގައި، ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންގެ ތެރެއިން 67 ކުދިންނާއި ފިޔަވަތީގައި މަސައްކަތްކުރާ ކުދިން ބަލަހައްޓާ މުވައްޒަފުންނާއި  މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި އެ މުވައްޒަފުންގެ ޢާއިލާތައް ވަނީ ބައިވެރިވެފައެވެ. ފިޔަވަތީގައި ތިބި ކުދިންނަށް ފިލްމްގެ ޚާއްޞަ ސްކްރީނިންގ ހަމަޖައްސަވައިދެއްވި ފަރާތްކަމަށްވާ ޝްވެކް ސިނެމާ އާއި ކުދިންގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސަވައިދެއްވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެވެ.

އެހެންވެ އެކަމަށްޓަކައި އެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބުގައި ހުޅުމާލޭގެ ފިޔަވަތި އިތުރުން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އިން ޚާއްޞަ ހަރަކާތެއް މިއަދު ބޭއްވުމަށްވެސް ވަނީ ޤަސްދުކޮށްފައެވެ.

އެކި ސަބަބުތަކާހުރެ ސަރުކާރުގެ ބެލުމުގެ ދަށުގައި މިވަގުތު 153 ކުދިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދަނީ ބަލަހައްޓަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *