ފީނަން އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި މިއަދު ނިޔާވި ފިޒާލް -- ފޮޓޯ: ފޭސްބުކް
ފީނަން އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި މިއަދު ނިޔާވި ފިޒާލް -- ފޮޓޯ: ފޭސްބުކް

ފީނަން އުޅެނިކޮށް ގެއްލުނު ޒުވާނާ ނިޔާވެއްޖެ

އއ އުކުޅަސް ކައިރީގައި އޮންނަ ”މާތިލަ“ ކައިރިއަށް ފީނަން އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު ޒުވާނާ ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ އުކުޅަހު އިރުމަތީގެ، އަލީ ފިޒާލް، 28، އެވެ. ނިޔާވިކަން ކަށަވަރުވެފައިވަނީ މެންދުރު 1:30 ހާއިރުގަ އެވެ.

ފުލުހުން ބުނީ އެ ޒުވާނާ މަރުވެފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް 43 މީޓަރު އަޑިގައި އޮއްވާ ފެނިގެން ކުރަމަތި ރިސޯޓަށް ގެންގޮސް އެ ރިސޯޓްގެ ޗެމްބަރަށްވެސް ލި ފަހުން ކަމަށެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް ރައީސް ޝައުކަތު އިބްރާހިމް ކުރިން ބުނީ ފިޒާލް ފެނުނު އިރު ނޭފަތާއި ކަންފަތުން ގިނަ އަދަދަކަށް ލޭ އަންނަމުން ދިޔަ ކަމަށާއި ފެނުނު އިރު ހާޓްބީޓް ހުރި ކަމަށެވެ. ފިޒާލް ކުރަމަތި ރިސޯޓަށް ގެންދިޔައީ ސީ އެމްބިއުލާންސްގަ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އުކުޅަސް ކައިރީގައި އޮންނަ މާތިލައަށް ފިޒާލް ފީނަން ދިޔައީ އިތުރު ހަ މީހަކާ އެކުގަ އެވެ. ފީނަން ދިޔައީ ފުޅި ނާޅާކަމަށްވެސް ދުވަހަށް މައުލޫމާތު ލިބިފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *