ކުޑަ ޢީދު ނަމަވެސް ލަންކާގަ ތިބި ދިވެހިންނަށް ބޮޑު ޢީދެއް، ޢީދު ނަމާދު ކުރީވެސް ބޮޑު ޖަމާއަތުގައި

އަވަށްޓެރި ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (ސޯސަންވިލާ) އިން އިންތިޒާމްކޮށްގެން މި އަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފި އެވެ.

އެމްއީސީސީގެ ފުޓްސެލް ދަނޑުގައި ކުރެވުނު ޢީދު ނަމާދުގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި ކަމަށާއި މިއީ ރާއްޖެއިން ބޭރުގެ ޤައުމެއްގައި ދިވެހި ބަހުން ޢީދު ހުޠުބާ އިއްވިގެން ދިޔަ ފުރަތަމަ ފަހަރުކަން އެމްއީސީސީ އިން ފާހަގަކުރެ އެވެ.

viber image

ލަންކާގައި ދިވެހިންގެ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު އިމާމްވެ ކުރެއްވީ އައްޝައިޙް އަލީ ޝަރީފް އެވެ.

7

ޢީދު ނަމާދަށްފަހު ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންނަށް ޚާއްސަ ކުރެވިގެން އީދު ސައިފޮދެއްވެސް ތައްޔާރުކޮށްފައި ވެ އެވެ.

6

އެމްއީސީސީން ފާހަގަކުރާގޮތުގައި ”ޢީދު އުފާ“ ނަމުގައި ހެނދުނު 10:00 އިން ފެށިގެން ތަފާތު ކުޅިވަރު ހަރަކާތްތައް ފެށިގެން ދަނީ ކުރިއަށެވެ. ހެނދުނުގެ ޙާއްސަ ޢީދު ކުޅިވަރުތަކުގެ ތެރޭގައި އަންހެން އަދި ފިރިހެން ބަށިމެޗަކާއި ވާދެމުން ކުރިއަށްދިޔަ ކަމަށްވެސް އެމްއީސީސީން ހާމަކުރެ އެވެ.

4

”ހަވީރު 4:00 އިން ފެށިގެން ޢީދުގެ ޙާއްސަ ސަޤާފީ ކުޅިވަރުތައް ފެށިގެން ދާނެ، ކުޅިވަރުތަކުގެ ތެރޭގައި ކޯޑީގެ ހަރަކާތްތަކާއި ދަފިނެގުމާއި ބޮޑުމަސް ދުއްވުން އޮންނާނެ، މީގެ އިތުރުން ކުޑަކުދިންނަށް ޙާއްސަކޮށްގެން ރާއްޖޭގެ މަޝްހޫރު ފަންނާނު ސަމީޢުގެ ހުށަހެޅުންތަކެއް ކުރިއަށްދާނެ“ އެމްއީސީސީން ހާމަކުރެ އވެ.

3

މީގެ އިތުރުންވެސް ހަރަކާތްތަކެއް ރޭވިފައި ވާކަމަށާއި އެގޮތުން ރޭގަނޑު 8:00ގައި ޢީދުގެ ހާއްސަ ޝޯ ކުރިއަށް ދާނެ ކަމަށާއި މި ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ކަމުގައިވާ އަބްދުލް ހަންނާން މޫސާ ދީދީ، އިބްރާހިމް ނިފާރު، މުހައްމަދު ފަޒީރު އަދި މޯލްޑިވިއަން އައިޑަލްގެ ފަންނާނުން ކަމުގައިވާ ޝަލަބީ، ޢީޝާން އަދި ޒަލީފްގެ އިތުރުން ކަރޯކޭ ޗެލެންޖްގެ އެއްވަނަ ހޯދި ހުސެއިން މާޒިންގެ ހުށަހެޅުންތައްވެސް ކުރިއަށް ދާނެކަމަށް އެމްއީސީސީން ފާހަގަކުރެ އެވެ.

2

1

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *