އުފާވެރި ފިޠުރު ޢީދު ފާހަގަކުރުމަށް މާލޭގައި މިއަދު ފުލުހުންގެ ހަރަކާތްތަކެއް !

ބަރަކާތްތެރި ފިޠުރު ޢީދު ފާހަގަ ކުރުމުގެ ގޮތުން މާލޭގައި އެކިއެކި ޙަރަކާތްތައް އެކި ފަރާތްތަކުން ބާއްވަމުންދާއިރު މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން މާލޭގެ މަގުތަކުގައި އުފާވެރިކަމުގެ ޙަރަކާތްތެއް މިއަދު ހަވީރު ބާއްވާނެ ކަން ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ މާފަންނު ޒުވާނުންގެ މަރުކަޒު ކުރިމަތިން ހަވީރު 16:00 ގައި ފަށާ މި ޙަރަކާތުގައި ތަފާތު އެކި ކެރެކްޓަރ ތައް ބޭނުންކުރާ ހެދުމާއެކު ފުލުހުން ޙަރަކާތްތެރިވަމުން ދާނެ ކަމަށެވެ. މިއީ  މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޢީދުގެ އުފާ ފާހަގަ ކުރުމަށް މާލޭގެ އެކި ސަރަޙައްދު ތަކުގައި އެކި ފަރާތްތަކުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ ރައްޔިތުންނާ އެކު ޢީދު ފާހަގަ ކުރުމަށް ފުލުހުން ހިންގާ ޙަރަކާތެއް ކަމުގައި ފުލުހުން ބުނެ އެވެ.

”މިއަދު ހަވީރު 16:00 ން ފެށިގެން މަޖީދީމަގު ހުޅަނގުން އިރަށް ގޮސް ފުލުހުންގެ މި ޙަރަކާތް ނިންމާލާނީ އާޓިފިޝަލް ބީޗަށް، މި ޙަރަކާތް ކުރިޔަށް ދާއިރު ތަފާތު ކެރެކްޓަރ ތަކާއެކު ކުޑަކުދިންނަށާއި ޢާއިލާތަކަށް ފޮޓޯ ނެގުމުގެ ފުރުޞަތު ދޭނެ، މިއަދުގެ މި ޙަރަކާތުގައި ފުލުހުންގެ ޚާއްޞަ މެސްކޮޓެއްވެސް ޙަރަކާތްތެރިވަމުން ދާނެ“ ފުލުހުން ހާމަކުރެ އެވެ.

ފިޠުރު ޢީދުގެ އުފާ ރާއްޖޭގެ ކަންކޮޅުތަކުގައި ފާޅުކުރަމުންދާއިރު ރައްޔިތުންނަށް ރައްކާތެރި އަދި އަމާން މާޙައުލެއްގައި ޢީދުގެ ކުލިވަރުތަކާއި ޙަރަކާތްތައް ކުރިޔަށް ގެންދަން ފުލުހުން ދަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި ޞުލްޙަވެރި ކަމާއި އެކުވެރިކަމާ އެއްވަންތަކަމުގެ ރުޙް ދަމަހައްޓައި ހުރިހާ ޙަރަކާތެއްވެސް ކުރިޔަށް ގެންދަން ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *