ހުޅުމާލެއިން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކުން: ސްޓެލްކޯ

ހުޅުމާލެއިން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު ހެނދުނު ހުޅުމާލެއިން ކަރަންޓު ދިޔަ ނަމަވެސް މިހާރު ވަނީ އަލުން ކަރަންޓު ދީފައެވެ. ސްޓެލްކޯއިން ބުނީ މައްސަލަ މިހާރު ހައްލުވެ ހުރިހާ ފަރާތްތަކަކަށްވެސް ކަރަންޓު ދޫކޮށްފައިވާ ކަމަށެވެ.

ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ވަރަށް ދަތިތަކާ ކުރިމަތިވެފައިވާ އިރު، ޢާންމުން ބުނީ ޚާއްޞަކޮށް ޢީދު ދުވަހު ކަރަންޓު ދިއުމުން ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

“ އަސްލު އަހަރުމެންނަށް ވަރަށް އުނދަގޫވާނެ ދޯ މިގޮތަށް ކަރަންޓު ކެނޑުނީމަ. އަނެއްކާ މިއަދަކީ އީދު ދުވަސް. ގޭގޭގައި ކިހާ ސާމާނެއް ހަދާނެ. “ ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ހުޅުމާލެއިން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ މީގެ ކުރުންވެސް ދިމާވެފައިވާ އިރު، ސްޓެލްކޯއިން ބުނެފައިވަނީ އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *