ޤައުމީ އެއަރ ލައިން އިން ޗައިނާގެ ޗެންގުޑޫ އަށް ދަތުރުތައް ފަށައިފި

ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ޗައިނާގެ ޗެންގުޑޫއަށް ދަތުރުތައް ފަށައިފިއެވެ.

އެގޮތުން ޗެންގުޑޫއިން ރާއްޖެ އައި ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި ހަފްތާއަކު ދަތުރެއް އެމަންޒިލަށް ކުރުމަށް ނިންމާފައިވާ އިރު އެދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް މަރުކާގެ ދެ ބޯޓް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މޯލްޑިވިއަން އިން ބުނީ ޗައިނާގެ ޗެންގުޑޫއިން ހަފުތާއަކު 1300 ޓޫރިސްޓުން ރާއްޖެ ގެންނަން އަމާޒު ހިފާފައިވާ އިރު، ޗައިނާ މާކެޓަކީ އެ ކުންފުންޏަށް ކާމިޔާބު މާކެޓެއް ކަމަށެވެ. އެ ކުންފުނިން އިތުރަށް ބުނީ ޗައިނާ މާކެޓަށް އަމާޒުކުރަނީ ދެ ރީޒަންއެއްގައި ކަމަށާއި ފުރަތަމަ އޮބްޖެކްޓިވްއަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުން ކަމަށެވެ. ދެވަނަ އޮބްޖެކްޓިވްއަކީ އޭވިއޭޝަން ފުޅާކޮށް ކުރިއަށް ގެންދިއުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ޗައިނާގެ ޓޫރިސްޓުންނަށް އަމާޒު ކޮށްގެން އަލަށް ފެށި ދަތުރާއެކު މޯލްޑިވިއަން އިން މިހާރު ދަނީ ޗައިނާގެ 7 މަންޒިލަކަށް ދަތުރުތައް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ. މޯލްޑިވިއަން އިން ޗައިނާ އިތުރުން ބެންކޮކަށް ހަފުތާއަކު 7 ފްލައިޓް،  އިންޑިޔާގެ ޗެންނާއީއަށް 3 ފްލައިޓާއި ބަންގްލަދޭޝްގެ ޑާކާއަށް 3 ފްލައިޓް ބާއްވައެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *