ފާރިސް މައުމޫން އާއި އާމިނަތު ނާދިރާ އަދި ޒައިދުލް އަމީން ޕީޕީއެމް އިން ވަކިކުރަން ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން ނިންމައިފި އެވެ.
މިދުވަހަށް މައުލޫމާތު ދެއްވަމުން ސުލޫކީ ކޮމިޓީގެ މުގައްރަރު އަލީ ވަހީދު ވިދާޅުވީ މިއަދު 2:30 ގައި ކުރިއަށްގެންދިޔަ ބައްދަލުވުމަށް ހާޒިރުވި އެ ކޮމިޓީގެ ތިން މެމްބަރުންގެ އިއްތިފާގުން އެގޮތަށް ނިންމާފައި ވާކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ މިއަދު ބޭއްވި ބައްދަލުވުމަށް އެ ކޮމިޓީަގއި ހިމެނިވަޑައިގަންނަވާ ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު ހާޒިރުވެވަޑައިގެންނެވި ކަމަށެވެ. އަދި ހާޒިރު ނުވާ ބޭފުޅަކީ އިބްރާހިމް ރަޝީދު ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.
މިދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފާރިޝް އާއި ނާދިރާ އަދި ޒައިދު އެ ކޮމިޓީއަށް މިއަދު 2:00 އަށް ހާޒިރު ވުމަށް އެ ކޮމިޓީއިން ވަނީ އަންގާފަ އެވެ. މިދުވަހަށް އެނގިފައިވާގޮތުގައި ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހެންވޭރު ކޮރަލްރީފް 7 ވަނަ ފަންގި ފިލާގަ އެވެ.