އެންމެ ފުރަތަމަ އިސްކުރަންވާނީ ރައްޔިތުންގެ މަސްލަހަތު، ވޯޓުލީ ގައުމީ މަސްލަހަތަށްޓަކައި: ފާރިސް

އެންމެ އިސްކުރަންވާނީ ރައްޔިތުންގެ މަސްލަހަތު ކަމަށާއި ވިޕްލައިނާ ހިލާފަށް ވޯޓުލީ ގައުމީ މަސްލަހަތަށްޓަކައި ކަމުގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސް މިހެން ވިދާޅުވީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި ފާރިސް ވިދާލުވެފައިވަނީ ޕީޕީއެމް އުފައްދާފައިވަނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ހޯދައި ދިނުމަށް ކަމަށެވެ. އެހެންކަމުން ގައުމީ މަސްލަހަތު ހިފެހެއްޓުމަށްޓަކައި ލާ ވޯޓެއްގެ ސަބަބުން ޕާޓީގެ މެމްބަރަކާއިމެދު ޕާޓީއިން ފިޔަވަޅު އެޅުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި އަދި މިފަދަ ހާލަތެއް ޕާޓީގެ ގުނަވަންތަކަށް މެދުވެރިވާން ދިމާވެފައިވާ ސަބަބުތަކަކީ ޕާޓީގެ ކޮންމެ މެމްބަރަކުވެސް އެނގެންބޭނުންވާ ކަންކަން ކަމުގައި އެ ބަޔާނުގައި ވެ އެވެ.

”އަޅުގަނޑުގެ އުއްމީދަކީ ޕާޓީގެ ރައީސް އިއުލާނު ކުރައްވާފައިވާ އިސްލާހީ މަޝްރޫއުގެ ދަށުން، މި ހާލަތްތައް ދިމާވާ ސަބަބުތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ ކަންތައްތައް ނައްތާލުމެވެ. އަދި މި ޕާޓީއަކީ ގައުމީ މަސްލަހަތައް އިސްކަންދޭ ޕާޓީއެއް ކަމުގައި ދިވެހި ރައްޔިތުން ބަލައިގަންނަ ޕާޓީއެއް ކަމުގައި ވުމެވެ“ ފާރިސްގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ ގަވާއިދާ އެއްގޮތަށް، ނުފޫޒުން އެއްކިބާވެފައިވާ މާހައުލެއްގައި އިންސާފުވެރިކަމާއިއެކު މައްސަލަ ބަލަންކުރާ ހުރިހާ މަސައްކަތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *