ހަ ޓީމާއެކު ކެތިއަރާ މަސްރޭސް މިއަހަރުވެސް ބާއްވަނީ

ހދ. ހަނިމާދޫގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މަސްރޭހެއް ކަމަށްވާ ކެތިއަރާ މަސްރޭސސް މިއަހަރުވެސް ބޭއްވުމަށް ނިންމައިފިއެވެ.

މަސްރޭސް އިންތިޒާމުކުރާ ފަރާތުން ދުވަހަށް މަޢުލޫމާތު ދެމުން ބުނީ މި އަހަރުގެ ކެތިއަރާ މަސްރޭހުގައި 6 ޓީމަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ޗެމްޕިއަން ޓީމަށް =/6000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާ އިރު، އެކިވަނަތައް ހޮވާ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފާއިތުވި އަހަރުތަކުގައިވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކެތިއަރާ މަސްރޭހަކީ ހަނިމާދޫގައި އެންމެ ފޯރިގަދަ، އެންމެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ކުޅިވަރެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *