މާރާމާރީއެއްގެ މައްސަލައިގާ އައްޑޫ ޒުވާނަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ، ސ. ހިތަދޫ، މަދިރިކޮލުގެ، ޢާޒިމް ވަޙީދު (25އ) އަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.
ޢާޒިމް ވަޙީދާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސ. ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9796240 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެ އެވެ.