ޢީދު އައުމުން މިއުޒިކް ޝޯ ބޭއްވުމާއި ކުޅިވަރުތައް ކުޅުމަކީ ދިވެހިންގެ ޒަމާނީ އާދަ އެކެވެ. މި ފަހަކަށް އައިސް އީދު ޝޯތަކުގެ ޑިމާންޑް އެއްމެ ބޮޑު އެކަކަށްވާނީ މަޝްހޫރު ނެށުންތެރިޔާ އަދި ބޮލީވުޑް މެގަ ސްޓާ ޕްރިޔަންކާގެ ދިވެހި ސުޕަ ފޭން ސުނީތާ އަލީ ކަމާއިމެދު ޝައްކެއް ނެތެވެ.
މި އަހަރުގެ ފިތުރު ޢީދުގެ ހަރަކާތްތަކަށް ރަށްރަށުން ތައްޔާރުވަމުން އަންނައިރު ޝޯ ކުޅެދިނުމަށް ސުނީއަށް އެތައް ބަޔަކު ގުޅަމުން އަންނަ ކަމަށް ސުނީ ބުނެ އެވެ. އެހެންނަމަވެސް ސުނީ ބުނީ މި އަހަރުގެ ފިތުރު ޢީދު ދުވަހު ޝޯ ދިނުމަށް ބ އަތޮޅުގައި އޮންނަ ރިޒޯޓެއް ކަމަށްވާ ލަނޑާގިރާވަރަށް ދިއުމަށް ފައިނަލްކޮށްފައި ވާކަމަށާއި މި އަހަރު ފިތުރު އީދުގައި ސުނީ ޝޯ ދިނުމަށް ނިންމާފައިވަނީ ލަނޑާގިރާވަރުގައި ކަމަށެވެ.
ނެށުންތެރިޔާ ސުނީތާ އަލީ އަކީ މިހާރު ރާއްޖޭގައި އެއްމެ ބޮޑު އަގުގައި އަދި އެއްމެ ގިނަ ޝޯތައް ދެމުން އަންނަ އެއް ފަންނާނުކަން ފާހަގަކޮށްލެވެ އެވެ.