އިންޑަސްޓްރިއަލް ވިލެޖުގެ ބިންހިއްކައި ނިންމާލައިފި

އިންޑަސްޓްރިއަލް ވިލެޖުގެ ބިންހިއްކައި ނިންމާލައިފިއެވެ.

މާލޭގެ ހުޅަނގު ދެކުނު ފަރާތުން ސިނާއީ އަވަށެއްގެ ގޮތު ހިއްކަންފެށި 4.9 ހެކްޓަރުގެ ބިން، މަސައްކަތް ނިންމާލާފައި މިވަނީ މަސައްކަތް ފެށިތާ ތިން ދުވަސް ތެރޭގައެވެ.

ސަރުކާރުން ތަރައްޤީކުރާ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތް ފެށުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، 24 ގަޑިއިރު މެދުނުކެނޑި އެތަނުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސިނާއީ އަވަށް ހިއްކަން ވެލިނަގަން ހަމަޖެހިފައިވަނީ އުތުރުތިލަފަޅު ކައިރި ކަނޑުން ގާތްގަނޑަކަށް 45 މީޓަރު އަޑިން ކަމަށެވެ. މީގެ އިތުރުން ބޭރުތޮށީގެ މަސައްކަތާއި ނެރުގެ މަސައްކަތްވެސް މިހާރު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެތަނުގެ މަގުހެދުމުގެ މަސައްކަތް ފެށޭނެ ކަމަށާއި އަމާޒަކީ ޖުލައި މަހުގެ 26 ވަނަ ދުވަހަށް އެތަނުގެ މައިގަނޑު މަސައްކަތް ނިންމާލުން ކަމަށެވެ. މި މަސައްކަތް ކުރިއަށްދާއިރު އެތަނުގެ މަސައްކަތަށް ބޮޑުތަކުރުފާނު މަގުގެ ސަރަހައްދެއް ވަނީ ބަންދުކޮށްފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *