ރައީސް ޔާމީންގެ އަރިސް ބޭފުޅުންނާ މިރޭ ބައްދަލުކުރެއްވުމަށް ފަހު ގާސިމް ނުކުމެވަޑައިގެން ދޮރުމަތީގައި.-- ފޮޓޯ: މިހާރު އޮންލައިން
ރައީސް ޔާމީންގެ އަރިސް ބޭފުޅުންނާ މިރޭ ބައްދަލުކުރެއްވުމަށް ފަހު ގާސިމް ނުކުމެވަޑައިގެން ދޮރުމަތީގައި.-- ފޮޓޯ: މިހާރު އޮންލައިން

ރާއްޖޭގެ ސިޔާސީ އައިސީޔޫ އަކީ ކޮބާކަން އެނގޭތަ !

އައިސީޔޫ އަކީ އިންޓެންސިވް ކެއާ ޔުނިޓެވެ. ހާލު ބޮޑު ބަލި މީހުންނަށް ޚާއްސަ ފަރުވާދޭ ތަނެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، އެ ގަދަ އަލިފާނުގައި އަދައިގެން ދިއުމުން ނުވަތަ ސިޔާސީ ލީޑަރުންގެ ސިކުނޑި ސުމަކަށް ދިއުމުން ސިޔާސީ އައިސޫޔޫއަކަށް ގެންދެއެވެ.

ރާއްޖޭގައިނަމަ އެ އައިސޫޔޫ އަކީ މާފަންނު ވިލާއެވެ. ސިޔާސީ މަސްރަހަށް އަންނަ ލޮޅުންތަކާއި އެކު އެއްމެ ބާރުބޮޑުވާ އެއް ގެއަކީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދިރިއުޅުއްވާގެ މާފަންނުވިލާއެވެ. 2013 އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވަމުން ދިޔައިރުވެސް އެ ގެއެއްގެ ބޭރުގައި ނޫސްވެރިން އެއްމެ ގިނައިން ތިބެންޖެހުނު ގެއަކީ މާފަންނުވިލާއެވެ. 2013 ގެ އިންތިޚާބުގެ ދުވަސްވަރު ރައީސް މައުމޫނާއި ރައީސް ނަޝީދު ގާސިމް އިބްރާހިމާއި މާފަންނުވިލާގައި ބައްދަލުކުރެއްވިއެވެ. އެ ފަހަރު އައިސީޔޫ އިން އެކަށީގެންވާ ފަރުވާއެއްދިން ކަމަށް ގަބޫލުކުރެވެނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށެވެ. އަނެއްކާވެސް ސިޔާސީ މަސްރަހު ހޫނުވެ، ޕީޕީއެމް ހުންގަދަވުމުން އަނެއްކާވެސް ފަރުވާ އެއް ލިބޭތޯ މިވަނީ އައިސީޔޫއަށް ވަދެފައެވެ.

އެހެންނަމަވެސް ފަރުވާތަކުގެ މާބޮޑު ތަފްސީލެއް އަދި ނުލިބެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ވެރިކަން ކުރާ ޕާޓީގެ ރައީސް އެ ޕާޓީގެ ވެރިކަމުގައި އެ ޕާޓީން އިންތިޚާބުކާމިޔާބު ކުރި ރައީސް އަކާއި މައްސަލަޖެހުނު މީ ފުރަތަ ފަހަރެވެ. އެހެންކަމުން ސިޔާސީ ބަލިމަޑުކަމުގައި މިއޮތީ އާ ވައްތަރެއްގެ ބައްޔެއް އުފަންވެފައެވެ. ކޮންމެއަކަށް ޕީޕީއެމްގެ ކޯޅުމުގެ ހޫނު އާދައިގެ ބޭހަކަށް ގުޑާނެ ކަމަށް ނުބެލެއެވެ. ސިޔާސީ އައިސީޔޫ އިން އަދި ވަކި ޕްރިސްކްރިޕްޝަނެއް ދީފައިނުވާއިރު ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ގިނަފަހަރުވާ ގޮތަކީ ބަލިމީހާ އަށް ރަނގަޅުވުމުން ޑޮކްޓަރުމަތިން ހަނދާނެއް ނުހުރެއެވެ. އަނެއްކާވެސް ޑޮކްޓަރުން މަތިން ހަނދާންވަނީ ބޮޑު ބައްޔެއް ޖެހުނީމައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *