ހުޅޫމާލޭ ފިޔަވަތި
ހުޅޫމާލޭ ފިޔަވަތި

ހުޅުމާލޭ ފިޔަވަތި އަށް ދެ މިނިސްޓަރަކު ޒިޔާރަތް ކުރައްވާ އެތަން ބައްލަވާލައްވައިފި

ހުޅުމާލޭ ފިޔަވަތި އަށް ދެ މިނިސްޓަރަކު ޒިޔާރަތް ކުރައްވާ އެތަން ބައްލަވާލައްވައިފިއެވެ.

އެތަނަށް ޒިޔާރަތް ކުރައްވާ ބައްލަވާލެއްވި ދެ މިނިސްޓަރުންނަކީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ އަޙްމަދު ޒިޔާދު ބާޤިރު އެވެ.

އެ ދެ މިނިސްޓްރީން ބުނީ މި ޒިޔާރަތުގެ ބޭނުމަކީ އެ މަރުކަޒުގައި ތިބޭ ކުދިންނާއި މުވައްޒަފުންނާއި ބައްދަލުކޮށްލައްވައި ތަނުގެ ހާލަތު ބައްލަވާލެއްވުން ކަމަށެވެ. އަދި އެތަނަށް ބޭނުންވާ ވަޞީލަތްތަކާއި ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެވަޑައިގަތުން ކަމަށެވެ.

ޒެނީޝާ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަޤާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާއަށްވެސް  ފާއިތުވި ހަފްތާގައި ޒިޔާރަތް ކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ވިލިމާލެ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާ އަދި ފިޔަވަތީގައި ދަޢުލަތުގެ ބެލެމުގެ ދަށުގައި 153 ކުދިން ބަލަހައްޓަމުން ގެންދާ އިރު، އޭގެ ތެރޭގައި ހިމެނެނީ ވިލިމާލެ ކުޑަދިންގެ ހިޔާގައި 51 ކުދިން، އަމާން ހިޔާގައި 17 އަދި ފިޔަވަތީގައި 85 ކުދިންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *