ބޭނުންވާނެ ތަކެތި
2/1 ޖޯޑު ބަޓަރު
1 ޖޯޑު ބުރައުން ސުގަރ
1 ދަޅު އެޕަލް ޕައި ފިލިން
ޕައި ފުށްގަނޑު ހެދުމަށް ބޭނުންވާނެ ތަކެތި
4/1 1 ޖޯޑު ފުށް
4/1 ސައިސަމުސާ ލޮނު
2/1 ޖޯޑު ބަޓަރު
4/1 ޖޯޑު ފިނިކުރި ފެން
ހައްދަވާނެގޮތް
ޕައި ފުށްގަނޑު ތައްޔާރު ކޮށްލެއްވުމަށް ރެސިޕީ ގައިވާ ތަރުތީބުން އެއްޗެހި އެއްކޮށްލުމަށްފަހު ރަބަރުކޮޅެއްގައި ބަންދުކޮއްލައްވާ އައިސް އަލަމާރީގައި އެންމެ މަދުވެގެންވެސް 4 ގަޑި އިރު ބާއްވުމަށްފަހު ބޭނުންވާ ވަރަށް ދަމާލައްވާ. އެއައްފަހު ދަމާ ލެއްވި ފުށަގަނޑު ޓުރޭގައި ނުވަތަ ސުކިލެޓް ތެރޭގައި ރަނގަޅަށް ފަތުރާލައްވާ. ހަކުރު އަދި ބަޓަރު ދިޔާވެލަންދެން ހޫނު ކޮށްލައްވާ. ޕައި ފުށްގަނޑު ފަތުރާލެއްވި ޓުރޭގެ ތެރެއަށް ޕައި ފިލިން ދަޅު އެޅުއްވުމަށް ފަހު ދިޔާ ކޮށްލެއްވި ބަޓަރު އަދި ހަކުރުގެ ދެބައި ކުޅަ އެއްބައި ފިލިންގެ މަށްޗައް އަޅުއްވާލައްވާ. އަޅުއްވާ އިރު ހުރިހާ ހިސާބަކަށްވެސް އެއްވަރަކަށް އަޅުއްވާ. އެއަށްފަހު ޕައި ފުށްގަނޑުގެ ބާކީ އޮތްބައި ދަމާލުމަށް ފަހު ޓުރޭގެ މަތީ އަޅުއްވާ އަރިމަތިން ކުރިން ފަތުރާލެއްވި ފުށްގަނޑާ ފައްތަރު ކޮށްލުމަށް ފަހު އަތުން ފިއްތަވާލައްވާ ތަތް ކޮށްލައްވާ. ބާކީ ހުރި ހަކުރު އަދި ބަޓަރު ފުށްގަނޑުގެ މަތީ ފިއްސަކުން ރީއްޗަށް ފަތުރާލައްވަވާ. ކުޑަ ވަޅިއަކުން މަތީގަ އެޅުއްވި ފުށްގަނޑުގައި ކުދި ލޯވަޅުތަކެއް އަޅުއްވާ 190 ޑިގްރީސެލްސިއަސްގައި 30 މިނެޓް ވަރު ފިހެލައްވާ.
ނޯޓް؛
އެޕަލް ޕައި ފިލިން ދަޅު ނުލިބޭ ކަމުގައި ވާނަމަ، 3 ޖޯޑު ފެން ކައްކަވާލެއްވުމަށް ފަހު 1 ސައި ސަމުސާ ނަޓްމެގް އަދި 2 ސައިސަމުސާ މުގުރާފަ ހުރި ފޮނިތޮށި އަޅުއްވާ. 2/1 1 ޖޯޑު ހަކުރު އަޅުއްވާ. ހަކުރުކޮޅު ވިރުނީމައި 4/2 ޖޯޑު ޒުވާރި ފުށް އަޅުއްވާ އެއްކޮށްލުމަށްފަހު 3 ޖޯޑު ކޮށާލާފަ ހުރި އާފަލު އަޅުއްވާ އެއްކޮށްލައްވާ. ކުޑަކޮށް އޮލަވެލަންދެން ކައްކާލައްވާ. މިއީ ގޭގައި ފަސޭހައިން ފިލިން ތައްޔާރު ކުރެވިދާނެ ގޮތެއް.