ީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ރޭގަ އިއުލާންކުރެއްވި ޕީޕީއެމް އިސްލާހު ކުރުމުގެ އެޖެންޑާ އަށް ބޮޑު ތަރުހީބެއް ލެބެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު ދެންމެ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި “ ޕީޕީއެމް އިސްލާހު ކުރުމުގެ އެޖެންޑާ އަށް ޕީޕީއެމްގެ މެމްބަރުންނާއި އެހެން ފަރާތްތަކުން ދޭ ބޮޑު ސަޕޯޓަށް ޝުކުރު ދަންނަވާ“ ކަމަށެވެ. ޓްވީޓް ނިންމާލައްވަމުން ވިދާޅުވަފައި ވަނީ “ ފުރަތަމަ ގައުމު“ އެވެ.
ރައީސް މައުމޫން ވަނީ ޕީޕީއެމް އިސްލާހު ކުރުމުގެ އެޖެންޑާ އެއް ރޭ އިއުލާންކުރައްވާފައެވެ. އެ އެ އިސްލާހީ އެޖެންޑާގެ ތެރޭގައި ޕާޓީގެ އެއްމެހާ ކަންކަން ސީދާ ޕާޓީގެ އޮފީހުން ކުރުމާއި ޕާޓީގެ ސައްހަ މެމްބަރުންގެ އަދަދާއި ގޮފިތައް ބެލުމާއި 2018 ގެ މެނިފެސްޓޯ ތައްޔާރުކުރުމަށް ޕާޓީގެ މެމްބަރުންގެ ޚިޔާލު ހޯދުން ހިމެނެއެވެ.
ރައީސް އަބުދުﷲ ޔާމީނާއި ރައީސް މައުމޫނާއި ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، ޕީޕީއެމް ތެރޭގައި ވަނީ ބޮޑު ކޯޅުމެއް އުފެދިފައެވެ.