އުރީދޫ އާއި ގުޅިގެން ހުއާވޭގެ އެންމެ ފަހުގެ ފޯނު ކަމަށްވާ ޕީ9 އަދި ޕީ9 ލައިޓް، މިއަދު ރާއްޖޭގައި ތައާރަފްކޮށްފިއެވެ.
ހުއާވޭ ޕީ9 އަކީ ބައިނަލްއަޤްވާމީ ބްރޭންޑް ކަމަށްވާ ލެއިކާ ކެމެރާ ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ ފުރަތަމަ ފޯނެވެ. މިފޯނުގެ ޑުއަލް ކެމެރާ ލެންސް އާއި އެކު ސްމާޓްފޯން ފޮޓޯގްރަފީ ވަނީ އާ ހަރުފަތަކަށް ގެނުވައިދީފައެވެ. މިކެމެރާ މެދުވެރިކޮށް ފުރިހަމަ ކުލަތަކާއި އެކު ނުވަތަ ބްލެކް އެންޑް ވައިޓް މޯޑުގައިވެސް ފޮޓޯ ނެގޭނެއެވެ. ހުއާވޭގެ ޕީ-ސީރީޒް ފޯނުތަކުން ތަކުރާރުކޮށް ފެނިފައިވާ، އެންމެ ފަހުގެ އިންޑަސްޓްރިއަލް ޑިޒައިންތައް ޕީ9 ފޯނުގައިވެސް ހިމެނެއެވެ. ހަމައެއާއި އެކު، ޒަމާނީ ސްމާޓްފޯނު ބޭނުންކުރާ ބޭފުޅުން ހުއާވޭގެ ފަރާތުން ލިބުމަށް އުއްމީދުކުރާ ފުރިހަމަ މިންގަނޑުގައި، ޕަވަރ، ސްޕީޑް، ކަނެކްޓިވިޓީ، މޮބިލިޓީ އަދި ބެޓްރީ ލައިފް، ޕީ9 ފޯނުން ފެނިގެންދާނެއެވެ.
”ހުއާވޭ ޕީ9 ފޯނުގެ ޒަމާނީ އުފެއްދުންތެރި ފީޗާތަކާއި، ފުރިހަމަ ޑިޒައިންގެ ސަބަބުން، މި ފޯނުވަނީ ސްމާޓްފޯނު ފޮޓޯގްރަފީ އާ އުސްމިނަކަށް ގެންގޮސްދީފައި. އެހެންކަމުން، ހުއާވޭ އާއި ގުޅިގެން، މާކެޓުގެ އެންމެ ފުރިހަމަ އަގުގައި، މިފޯނު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.“ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.
މިގޮތުން، ސްމާޓްފޯނަށާއި ފޮޓޯގްރަފީ އަށް ލޯބިކުރައްވާ ފަރާތްތަކަށް ހާއްސަ އޮފާ ތަކެއް އުރީދޫގެ ކަސްޓަމަރުންނަށާއި އަލަށް ނެޓްވަރކް އާއި ގުޅުމަށް ބޭނުންވާ ބޭފުޅުންނަށް މިއަދު އުރީދޫ އިން ވަނީ ތައާރަފް ކޮށްފައެވެ:
- އަލަށް ނެޓްވާރކް އާއި ގުޅިވަޑައިގަންނަވާ ފަރާތްތަކަށް ޚާއްޞަ ހުއާވޭ ރޭޓް ޕްލޭން.
އުރީދޫގެ ނެޓްވާރކް އަށް ބަދަލުވާން ބޭނުންވާ ބޭފުޅުންނަށް ހާއްސަ އޮފާ އެއްގެ ގޮތުން، އުރީދޫ އިން މިއަދު ވަނީ ހުއާވޭ ރޭޓް ޕްލޭންގެ ނަމުގައި މުޅިން އާ ޕޯސްޓްޕެއިޑް ރޭޓްޕްލޭން އެއް ތައާރަފްކޮށްފައެވެ. މިގޮތުން މި ޕްލޭނަކީ ފޯނަކަށް ހާއްސަކޮށްގެން ރޭޓް ޕްލޭން އެއް ރާއްޖޭގައި ތައާރަފް ކުރެވުނު ފުރަތަމަ ފަހަރެވެ. އެންމެ 495ރ. މަހުފީ އަކާއި އެކު، މިރޭޓް ޕްލޭން މެދުވެރިކޮށް ކަސްޓަމަރުންނަށް ހުއާވޭ ޕީ9ގެ ފޯނު ލިބުމުގެ އިތުރުން، ހިލޭ ކޯލް، ހިލޭ އެސްއެމްއެސް، އަދި ހިލޭ ޑޭޓާ ވެސް ލިބިގެންދާނެއެވެ.
ހުއާވޭ ރޭޓް ޕްލޭން މެދުވެރިކޮށް، 6 މަހުގެ ކޮންޓްރެކްޓަކާއި އެންމެ 1،499ރ. ގެ ޑައުން ޕޭމަންޓް އަކާއި އެކު، ހުއާވޭ ޕީ9 ލައިޓް ލިބޭނެއެވެ. ހަމަ އެއާއި އެކު، މި އޮފާ މެދުވެރިކޮށް ހުއާވޭ ޕީ9 ލިބިގެންދަނީ އަހަރު ދުވަހު ކޮންޓްރެކްޓް އަކާއި، 2،499ރ. ގެ ޑައުން ޕޭމަންޓަކާއި އެކުއެވެ.
ހުއާވޭ ޕީ9 ލައިޓް ހުއާވޭ ޕީ9 ރޭޓް ޕްލޭން
495 495 މަހުފީ
400 މިނެޓް (އޮން ނެޓް އަދި އޮފް ނެޓް) 400 މިނެޓް (އޮން ނެޓް އަދި އޮފް ނެޓް) ހިލޭ މިނެޓް
1 ޖީބީ 1 ޖީބީ ހިލޭ ޑޭޓާ
1000 އެސްއެމްއެސް (ކޮންމެ ލޯކަލް ނެޓްވާރކް އަކަށްވެސް) 1000 އެސްއެމްއެސް (ކޮންމެ ލޯކަލް ނެޓްވާރކް އަކަށްވެސް) ހިލޭ އެސްއެމްއެސް
90 ލާރި / މިނެޓް (ކޮންމެ ލޯކަލް ނެޓްވާރކް އަކަށްވެސް) 90 ލާރި / މިނެޓް (ކޮންމެ ލޯކަލް ނެޓްވާރކް އަކަށްވެސް) ކޯލްރޭޓް
20 ލާރި / އެސްއެމްއެސް (ކޮންމެ ލޯކަލް ނެޓްވާރކް އަކަށްވެސް) 20 ލާރި / އެސްއެމްއެސް (ކޮންމެ ލޯކަލް ނެޓްވާރކް އަކަށްވެސް) އެސްއެމްއެސްގެ ރޭޓް
30 ލާރި / އެމްބީ 30 ލާރި / އެމްބީ އެކްސެސް ޑޭޓާ ޗާޖް
12 މަހުގެ ކޮންޓްރެކްޓް އަކާއި އެކު، 1،499ރ. 12 މަހުގެ ކޮންޓްރެކްޓް އަކާއި އެކު، 2،499ރ. ޑައުން ޕޭމަންޓް
- އުރީދޫ ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ޚާއްޞަ ކޮންޓްރެކްޓް އޮފާ.
ހުއާވޭގެ ޕީ9 ސީރީޒްގެ ފޯނުތައް ޚިޔާރުކުރައްވާ އުރީދޫ ކަސްޓަމަރުންނަށް ޚާއްޞަކޮށް އެއް އަހަރު ދުވަހުގެ ވަރަށް ފުރިހަމަ ކޮންޓްރެކްޓް ޕްލޭން ތަކެއް ވަނީ ތައާރަފްކޮށްފައެވެ. މިގޮތުން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުއާވޭ ޕީ9 ލައިޓް މަހަކު އެންމެ 245ރ. އަށް، އަދި ހުއާވޭ ޕީ9 މަހަކު އެންމެ 495ރ. އަށް ލިބިގެންދާނެއެވެ.
މި އޮފާގައި، ޕޯސްޓްޕެއިޑް 249، ޕޯސްޓްޕެއިޑް 399، ޕޯސްޓްޕެއިޑް 499، ޕޯސްޓްޕެއިޑް 749، ޕޯސްޓްޕެއިޑް 899، އަދި ޕޯސްޓްޕެއިޑް 999 ގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ.
ޑައުން ޕޭމަންޓް ހޭންޑް ސެޓް މަހުފީ
1،499 ހުއާވޭ ޕީ9 ލައިޓް 245
2،499 ހުއާވޭ ޕީ9 495
- ފުލް ޕޭމަންޓް ޕްލޭން.
އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު ހުއާވޭ ޕީ9 ސީރީޒްގެ ފޯނުތައް ބައްލަވައިގަތުމަށް އެހީތެރިވެދޭ ޚާއްޞަ ޕެކޭޖް ތަކުގެ ތެރޭގައި، ހިލޭ ކޯލް އަދި 12 ޖީބީގެ ހިލޭ ޑޭޓާ ހިމެނޭ ފުލްޕޭމަންޓް އޮފާއެއްވެސް ވަނީ ތައާރަފްކޮށްފައެވެ. މި އޮފާ މެދުވެރިކޮށް ރާއްޖޭގެ މަރކެޓްގެ އެންމެ ހެޔޮއަގުތަކުގައި ހުއާވޭގެ ޕީ9 ފޯނުތަށް ބައްލަވައިގަނެވޭއިރު، ހުއާވޭ ޕީ9 ލައިޓް ލިބިވަޑައިގަންނަވާނީ އެންމެ 3،799 ރުފިޔާ އަށެވެ. ހަމައެއާއި އެކު، ހުއާވޭ ޕީ9 ބައްލަވައިގަނެވޭނީ 7،599 ރުފިޔާ އަށެވެ.
ހުއާވޭގެ އެންމެ ފަހުގެ ފޯނުތަށް ކަމަށްވާ ޕީ9 ސީރީޒް އަށް ޚާއްޞަކުރެވިފައިވާ އޮފާތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ޒިޔާރަތް ކުރައްވާ.