ތުރުކީ ހަމަލައިގާ ދިވެއްސަކަށް އަނިޔާނުވޭ: މިނިސްޓްރީ

ތުރުކީ ވިލާތުގެ އަތާތުރުކު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރޭގެ ވަގުތެއްގައި ޖާނުން ފިދާވެގެން ބަޔަކު  ދިން ހަމަލާގައި އެޤައުމުގައި އުޅޭ އެއްވެސް ދިވެއްސަކަށް އަނިޔާވެފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިސްތަންބޫލް އެ ހަމަލާ ދިންއިރު އެތަނުގައި ދިވެއްސަކު ހުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި ތުރުކީގައި އުޅޭ ދިވެހީންގެ ހާލަތު  ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

މިއަދު އަތާތުރުކު އެއަރޕޯޓަށް 3 މީހަކު ވަދެ ދިން ޓެރަރިސްޓް ހަމަލާގައި 36 މީހަކު މަރުވެ 140 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައިވާ އިރު، މި ހަމަލާ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ކުށްވެރިކުރައްވައިފައެވެ.

މި ހަމަލާއާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔަބު އުރުދުޣާން ވަނީ ޓެރަރިޒަމްއާ ދެކޮޅަށް ”ގުޅިގެން ހަނގުރާމަ“ ކުރުމަށް ގޮވާލައްވާފައެވެ. އަދި އެހަމަލާއަކީ ތުރުކީއާ ދެކޮޅަށް ”ޕްރޮޕަގަންޑާ ފެތުރުމުގެ ގޮތުން“ ދީފައިވާ ހަމަލާއެއް ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެންމެ މަޤުބޫލު އެއް އެއަރޕޯޓުގެ ތެރޭގައި ހިމެނޭ އަތާތުރުކު އެއާޕޯޓުން މިދިޔަ އަހަރު ވެސް 60 މިލިއަން މީހުން ވަނީ ޚިދުމަތް ހޯދާފައެވެ..

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *