ބޭނުންވާނެ ތަކެތި
1 ޕެކެޓް މެކަރޯނީ ޕާސްތާ
1 ޖޯޑު ސުރިމްޕް، ސާފުކޮށްފަ ހުރި
4 އަސްޕަރަގަސް، ސާފުކޮށްލާފަ ދިގުށްކޮށާލާފަ ހުރި
1 ފިޔާ، ތުނިކޮށް ކޮށާލާފަ
1 ޖޯޑު ކާށި ކިރު
1 ދަޅު ފެހި އޮށް
2 ލޮނުމެދު
5 މޭޒުމަތީ ސަމުސާ ޕާމެޒަން ޗީޒް
10 ގ ޕާސްލީ ޗޮޕްކޮށްލާފަ
3 ފަތް ބެސިލް
ހައްދަވާނެ ގޮތް
ޕާސްތާ ޕެކެޓްގައިވާ އިރުޝާދާއެއް ގޮތަށް ކައްކަވާލާ. ތަވައެއްގައި ތެޔޮފޮދެއް ހޫނުކޮށްލުމަށް ފަހު ފިޔާ އަދި ލޮނުމެދު އަޅުއްވާ މީރުކޮށްލައްވާ. އެއަށް ފަހު ސުރިމްޕުކޮޅު އަޅުއްވާ، ދެބައިކުޅަ އެއބައި ރޯފިލަންދެން ކައްކަވާލައްވާ. ދެން އެސްޕަރަގަސް އަދި ފެހިއޮށް އަޅުއްވާ. ކާށި ކިރު އެޅުއްވުމަށްފަހު ކުޑަކޮށް ކެކެންދެން ކައްކަވާލައްވާ. އެއައްފަހު ޕާސްތާ އަޅުއްވާ އެއްކޮށްލައްވާ. ޕާސްލީ، ބެސިލް އަދި ޕާމެޒަން ޗީޒް އަޅުއްވާ އެއްކޮށްލައްވާ. ލޮނު އަދި އަސޭމިރުސްކޮޅެއް އަޅުއްވާ ރަހަ ހެޔޮވަރުކޮށްލައްވާ.