ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެގޮތުން މައުމޫން ފައުންޑޭޝަންގެ ފަރާތުން ބާއްވަމުންގެންދާ ސިލްސިލާ ޖަލްސާތަކުގެ 4 ވަނަ ޖަލްސާ މާދަމާރޭ އޮންނާނެކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ.
އެ ފައުންޑޭޝަނުން ބުނީ މި ޖަލްސާވެސް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ކަމަށާއި މިޖަލްސާގައި ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އާއި ޑރ.އަޙްމަދު ޒިޔާދު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވާނީ ”އުދަރެސްތަކުގަޔާއި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކުގައިވާ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތައް“، މި މަޢުޟޫއަށް ކަމަށާއި ޑރ. އަޙްމަދު ޒިޔާދު ވާހަކަފުޅު ދައްކަވާނީ ”އައްޞިދްޤު“ (ތެދުވެރިކަން)، މި މަޢުޟޫއަށް ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.
އެ ފައުންޑޭޝަނުން ބުނީ މާދަމާރޭގެ ޖަލްސާވެސް ފަށާނީ ރޭގަނޑު 22:00ގައި ކަމަށާއި ހުރިހާ ފަރާތްތަކަށްވެސް ދަޢުވަތު އަރުވާ ކަމަށެވެ.
.