ފުވައްމުލަކުގައި ޢިމާރާތްކުރާ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ޢިމާރާތް ކުރަމުންދާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފުވައްމުލަކު ކައުންސިލުން ހުޅުއްވާލައްވައިފިއެވެ.

އެ ކައުންސިލުން ބުނީ ސަރުކާރުގެ ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމްގެ ދަށުން އެރަށުގައި ޢިމާރާތްކުރަމުންދާ 200 ފްލެޓްގެ ތެރެއިން 150 ފްލެޓް ފުވައްމުލަކު ރައްޔިތުންނަށް ދޫކުރުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި މި 200 ފްލެޓުގެ ތެރެއިން 20 ފްލެޓެއް ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކައުންސިލުން ބުނީ ފްލެޓަށް އެދޭ ފޯމް ބަލައިގަންނަން ފަށާނީ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އޯގަސްޓް މަހުގެ 18 ވަނަ ދުވަހާ ހަމައަށް އޮފީސް ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ފޯމް ބަލައިގަންނާނެ ކަމަށެވެ. ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބަލައި ނުގަންނާނެކަމަށްވެސް ފުވައްމުލަކު ކައުންސިލުން ބުނެއެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ މި ފްލެޓްތަކަށް އެދޭ  ފޯމް ކައުންސިލް އިދާރާއިންނާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވެބްސައިޓުންވެސް މިހާރު ލިބެން ހުންނާނެކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *