ކުށްވެރިން މަދުވުމުން ނެދަލެންޑްގެ ޖަލުތައް ބަންދުކުރަނީ

ނެދަލޭންޑުގައި ކުއްވެރިން މަދުވެ އެގައުމުގެ ޖަލުތައް ބަންދުކުރަން ޖެހިއްޖެއެވެ.

މިއަހަރުގެ ހޫނުމޫސުން ނިމެންވާ އިރަށް ނެދަލޭންޑްގެ ފަސް ޖަލެއް ބަންދުކުރަން ހަމަޖެހިފައިވާއިރު 2013 ވަނަ އަހަރު އެކަނި ވަނީ އެގައުމުގެ 19 ޖަލެއް ބަންދުކޮށްފައެވެ. އަދި މީގެ އިތުރުން ޖަލުތައް ހިންގުމަށްޓަކައި މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ނެދަލޭންޑްއިން ވަނީ ނޯވޭއިން 240 ކުއްވެރިން އެގައުމަށް ގެނެސްފައެވެ.

ނެދަލޭންޑްގައި ކުއްކުރާ ރޭޓް ދައްވެ ކުއްވެރިން މަދުވެފައިމިވަނީ އެގައުމުގައި ކުއްވެރިންނާއި މެދު އަމަލުކުރާ އުސޫލުތަކުގެ ސަބަބުން ކަމަށް ކަމުގެ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ. މިގޮތުން ނެދަލޭންޑްގައި ގާނޫނު ހަދާފައިވަނީ ކުއްވެރިންނަށް އަދަބުދިނުމަށްވުރެ ބޮޑަށް އިސްކަންދެނީ ކުއްވެރިން އިސްލާހުކުރާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށެވެ. އަދި މީގެ އިތުރުން އެގައުމުގައި ކުއްވެރިންނަށް ފައިގައި އިލެކްޓްރޯނިކް މޮނީޓަރިން ޓެގެއް އަޅުވައިގެން މަސައްކަތުގެ މާހައުލަށް ރުޖޫއަވެވެއެވެ. މި އުސޫލުތަކުގެ ސަބަބުން ކުއްވެރިން ކުށުގެ މާހައުލަށް ރުޖޫއަވުމުގެ ބަދަލުގައި މުޖުތަމައަށް ހިދުމަތްކުރާ ބަޔަކަށް ވެގެން ދިޔުމުގެ ފުރުސަތުލިބޭ ކަމަށް ކަމުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ނެދަލޭންޑްގެ 17 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ޖަލުތަކުގައި ބަންދުކޮށްފައި ތިބީ އެންމެ 11600 މީހުންނެވެ. އެއީ ކޮންމެ 100000 މީހެއްގެ ތެރެއިން 69 މީހުންނެވެ.

(މަސްދަރު: ޓެކް އިންސައިޑަރ)

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *