ކ.ގުރައިދޫގައި ހުންނަ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގެއްލުނު މީހާ ހޯދުމަށް އެމީހާގެ ފޮޓޯއާއި މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފި އެވެ.
ފުލުހުން ބުނީ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގެއްލިގެން ހޯދަމުން ދަނީ ސ.ހިތަދޫ، ވެސްޓްބީޗް އަޙްމަދު މިޝްފާޤް (28އ) ކަމަށެވެ.
2014 ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ 20:00 ހާއިރު އަޙްމަދު މިޝްފާޤް ގެއްލިފައިވާކަމަށް ކ.ގުރައިދޫގައި ހުންނަ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފުލުހުންނަށް ރިޕޯޓް ކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމް.އެން.ޑީ.އެފްގެ އިތުރުން ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި ކ.ގުރައިދޫގެ ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މިޝްފާޤް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެކަން މާލޭގައި ނަމަ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް، ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް އަންގަވައި ދެއްވުން އެދޭ ކަމަށެވެ. އަދި ޕޮލިސް ސްޓޭޝަން ނެތްރަށެއްނަމަ އެރަށެއްގެ ރަށުކައުންސިލް އިދާރާ މެދުވެރިކޮށް މި ސާރވިސްއަށް އެންގެވުން އެދޭ ކަމަށާއި އަދި އަޙްމަދު މިޝްފާޤްއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ކ.ގުރައިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9926095 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.