ބޭނުންވާނެ ތަކެތި
500ގ ބީފް ތުނި ދިގުކޮށް ކޮށާލާފަ
2 ބިސް
1 ޖޯޑު ޒުވާރި ފުށް
5 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
3 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
2 ފިޔާ ބޮޑުކޮށް ކޮށާލާފަ
1 މިރުސް
2 ލޮނުމެދު ތުނިކޮށް ކޮށާލާފަ
10ގ އިނގުރު ކުދިކޮށް ކޮށާލާފަ
50 ގ ސުޕިނެޗް
ހައްދަވާނެ ގޮތް
ކޮށާލާފަ ހުރި ގެރިމަހުގެ ތެރެއަށް ބިސް އަޅުއްވާ އެއްކޮށްލައްވާ. ކުޑަ ލޮނުކޮޅެއް އެޅުއްވުމަށްފަހު ޒުވާރި ފުށް އަޅުއްވާ އެއްކޮށްލައްވާ. އެއަށްފަހު ތެލުލައްވަވާ.
ސޯސްކޮޅު ހެއްދެވުމަށް ތަވައެއްގައި ތެޔޮފޮދެއް ހޫނުކޮށްލުމަށްފަހު ފިޔާ، މިރުސް، ލޮނުމެދު އަދި އިނގުރު އަޅުއްވާ މީރުކޮށްލައްވާ. އެއައްފަހު އޮއިސްޓަރ ސޯސް އަދި ސޯޔާސޯސް އަޅުއްވާ. ގިނައިން ސޯސް ބޭނުންފުޅު ވާނަމަ 2/1 ޖޯޑު ފެން އަޅުއްވާ. ސޯސް ކޮޅު ކުޑަކޮށް ކެކެން ފެށުމުން ތެލުލާފަ ހުރި ގެރިމަސްކޮޅު އަޅުއްވާ އެއްކޮށްލައްވާ. އިތުރަށް އޮލަކުރަން ފުށް އަޅުއްވާކަށް ނުޖެހޭނެ. ގެރިމަސްކޮޅައް އެއްކޮށްލެއްވި ޒުވާރި ފުށުން އޮލަވެގެންދާނެ. ސޯސްކޮޅު އޮލަވެ އަދި ގެރިމަސްކޮޅާއި އެކުވީމަ އުދުން ނިވާލުމަށްފަހު ސުޕިނެޗް އަޅުއްވާ އެއްކޮށްލައްވާ.