ޑެންގީ ޖެހިގެން ސީރިއަސް ކޭސް އެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މަދިރީގެ ޒަރީޔާއިން ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ޑެންގީ ޖެހިގެން ރިޕޯޓްކުރާ މިންވަރުވެސް ދަށްވަމުން އަންނަ ކަމަށެވެ. އަދި ޑެންގީ ޖެހިގެން ރިޕޯޓްކުރާ މިންވަރުވެސް ދަށްވަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން މީގެ 2 ހަފްތާކުރިން ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައިވަނީ 85 ކޭސް ކަމަށާއި ނަމަވެސް ނިމިދިޔަ ހަފްތާގައި ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 46ކޭސް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް މަދިރި މަދުކުރަން ޖެހެއެވެ. އަދި މަދިރި އާލާވާ ޒާތުގެ ތަންތަން ނައްތާލަން ޖެހެއެވެ.