ކަންގަނާއާއި ރިތިކް ގެ ކޯޅުން:ވަރަށް އަވަހަށް ކަންކަން އިނގިގެންދާނެ: ރިތިކް

މީގެމަސްދުވަސް ކުރިޔަށް ބަލާލިނަމަވެސް ބޮލީވުޑްގެ މަޝްރަހުން އެންމެ ގިނަ ބަޔަކު ގާތުން ބަލަމުންދިޔަ އެއް ކަމަކީ ބޮލީވުޑްގެ ”ކްރިޝް“ ރިތިކް ރޯޝަން އާއި ”ކްޔީން“ ކަންގަނާ އާ ދެމެދު ހިނގައިދިޔަ ވަރުގަދަ ހަނގުރާމަކަން ޔަޤީނެވެ. މިހަނގުރާމަ މިދުވަސްކޮޅު ކުޑަކޮށް ފިނިވެފައި ވީ ނަމަވެސް އަދިވެސް މަޝްރަހު އެހާ އަމާން ނޫންކަމަށްވެއެވެ. ދެމީހުންގެ ދެމެދުގައި އާ ކަންކަތައްތަކެއްގެ ވާހަކަތައް ބަދަލުނުކުރިނަމަވެސް އަދިވެސް ހަނގުރާމަ އޮތީ ކުރިޔަށެވެ.

އެކަން އިނގިގެންދިޔައީ އައިފާ އެވޯޑްގެ ރެޑްކާޕެޓްގައެވެ. އައިފާ އެވޯޑްގެ ރެޑްކާޕެޓްގެ ތެރެއިން ރިތިކް އާ އެކަމާގުޅުވައިގެން ސުވާލުކުރުމުން ރިތިކް ބުނެފައިވަނީ އެކަން ނުނިމޭކަމަށާއި އެކަން އޮތީ ކުރިޔަށްކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން އެންމެންނަށްވެސް އިނގިގެންދާނެކަމަށް ރިތިކް ވަނީ ބުނެފައެވެ. ކޮންމެއަކަސް ރިތިކްގެ މިޖަވާބުން އަދި މިކަން ނިމެން ނޫޅޭކަން އިނގިގެން ހިގައްޖެއެވެ. އަދި ދެމީހުންގެ މެދުގައި ހިނގަމުންދާ ކަންކަން އަނެއްކާވެސް ފެށެން އުޅޭކަމުގެ ސިގްނަލަކަށް މިކަން ވެގެންއެބަދެއެވެ.

ކަންގަނާ އާއި ރިތިކް ގެ ސިއްރު ލޯބީގެ ގުޅުން މީޑިޔާއަށް ފެންމަތިވެ އެއާއެކު އުފެދިގެން މިއުޅޭ ހަނގުރާމަ ކުރިޔަށްދާއިރު މިމައްސަލައިގެ މިހާރު ދެތަރިން އުޅެނީ ކޯޓު މަރުހަލާގައެވެ. މިމައްސަލާގައި ދެމީހުންވެސް އެކަކު އަނެކެއްގެ ބޮލުގައި ތަފާތު އެކި އިލްޒާމުތައް އަޅުވަމުން ގޮސްފައިވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *