ވިޕިން ކްރީމް އަދި ކުކިން ކްރީމް އޮޅުވާނުލާ !

އެނގޭތަ؟

ކުކިން ކުރީމް އަދި ވިޕިން ކުރީމް އަކީ ގިނަ ފަހަރަށް އޮޅުންއަރާ އެއްޗަކަށް މިވަނީ ވެފައެވެ. ދެ ކުރީމް އަކީވެސް އޭގެ ޒާތުގައި ވަރަށް ތަފާތު ދެ ކުރީމް އެކެވެ. ހެވީ ކުރީމް ނުވަތަ ކުކިން ކުރީމް އަދި ވިޕިން ކުރީމް ތަފާތަކީ ކުކުން ކުރީމްގެ ޑެންސިޓީ މަތިވެފަ އަދި ފެޓް ކޮންޓަންޓް މަތިވުމެވެ. އެހެން ވުމުގެ ސަބަބުން ވިޕް ކުރީމް ވިޕް ކުރުމުން އެލިބޭ މަޑުކަން އަދި ވިޕް ކުރުމުން ވިޕިން ކުރީމް ގަ ލިބިދޭ ވޮލިއުމް އެއް ކުކިން ކުރީމްގަ އެއްނުލިބެއެވެ.

އިންޑަސްޓްރިއަލް ބަދިގެ ތަކުގައި މި ދެ ކުރީމް އަކީވެސް ތަފާތު ދެ ކަންކަމުގައި ބޭނުންކުރެވޭ ކުރީމް އެވެ. ކުކިން ކުރީމް ގެ ނަމުން ފާހަގަ ވާ ގޮތަށް ކުކިން ކުރީމް ބޭނުންކުރަނީ ކެއްކުމުގައެވެ. އެގޮތުން ސޯސް އަދި ސޫޕް ހެދުމުގައި ކުކިން ކުރީމް ގިނައިން ބޭނުންކުރެއެވެ.

ވިޕިން ކުރީމް އަކީ ޕޭސްޓްރީ ތަކުގައި އެންމެ ގިނައިން ބޭނުންކުރާ ކުރީމް އެވެ. ފޮނި ތަކެތި ހެދުމުގައި އެންމެ ގިނައިން ބޭނުންކުރަނީ ވިޕިން ކުރީމް އެވެ. އެހެން ނަމަވެސް ކުރީމް ބޭނުންކޮށްގެން ކައްކައިގެން ހަދާ ފޮނި ތަކެތި ހެދުމުގައި ކުކިން ކުރީމް ބޭނުންކުރެއެވެ.

ކުރީމް ގެ އެކިބޭނުންތަކަށް ބަލާއިރު ކޮފީ އަށްވެސް ކުރީމް ބޭނުންކުރެއެވެ. އެކި ގައުމުތަކުގައި ކުރީމްގެ އެކިބޭނުންތައް ކުރެއެވެ. ޕުޑިން އަދި ކުރީމް ބޭސް ފޮނިކާތަކެއްޗަކީ އަބަދުވެސް ގިނަ ބަޔަކަށް މީރު އެއްޗިއްސެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *