އާލިއާ އާއި ސިދާތް ޗުއްޓީހޭދަކޮށްލުމަށް ލަންޑަންގައި!!

ސްޓޫޑެންޓް އޮފް ދަ އިޔަރ އިން ބެލުންތެރިންނަށް ފެނިގެންދިޔަ އާލިއާ ބަޓް އާއި ސިދާތް މަނޯތްރާގެ ލޯބީގެ ގުޅުމުގެ ވާހަކަޔަކީ ގިނަބަޔަކަށް އާ ވާހަކައަކަށްނުވާނެކަން ޔަޤީނެވެ. އެވާހަކަތައް ދެކެވިފައިވީނަމަވެސް އާންމު އުސޫލުން ދެތަރިން ކުރެ އެއްވެސް ތަރިއެއް މީޑިޔާގައި އެކަމަށް އަދި މިހާތަނަށް އެއްބަސްވެފައެއް ނުވެއެވެ. ދެމީހުންގެ ލޯބީގެ ގުޅުމުގެ މާގިނަ ވާހަކަތަކެއް މީޑިޔާއާ ހަމައަށް ނާންނަނީސް ދެން އިވެންފެށީ ދެމީހުން ރުޅިވި ވާހަކަޔެވެ.

ދެމީހުން ރުޅިވި ވާހަކަތަކަށް ޖަވާބުދެމުން އާލިޔާ ބުނެފައިވަނީ އޭނާ ސިންގަލް ކަމަށާއި ސިދާތްއަކީ އޭނާއަށް ވަރަށް މުހިންމު ރައްޓެއްސެއްކަމަށެވެ. އަދި ދިރިއުޅުމުގެ ގިނަކަންކަމުގައި ވަރަށް ސަޕޯޓްދޭ ރައްޓެއްސެއްކަމަށް އާލިއާ ވަނީ ބުނެފައެވެ. ހަމައެގޮތަށް ސިދާތްވެސް ބުނެފައިވަނީ އާލިއާ އަކީ ވަރަށް ގާތް ރައްޓެއްސެއްކަމަށާއި ފިލްމީ ދާއިރާއަށް ނިކުތުމުގެ ކުރިންވެސް ދެމީހުންނަކީ ދެރައްޓެހިންކަމަށެވެ. ދެމީހުންވެސް މިވަނީ ދެމީހުންނަކީ ވަރަށް ގާތް މުހިންމުބައެއްކަމަށް މީޑިޔާގައި ބުނެފައެވެ. ފަހަރެއްގައި ދެމީހުންގެ މިގާތް ގުޅުމަށް ކުޑަ ބްރޭކެއް ނެގީކަމަށްވެދާނެއެވެ. އެހެންނަމަވެސް ދެމީހުން މިވަނީ ލަންޑަނުން ފެނިގެންގޮސްފައެވެ.

އުޑްތާ ޕުންޖާބު ރިލީޒްވުމަށްފަހު އާލިއާ މިހާރު ހުރީ މަސައްކަތްތަކުން ދުރުވެ އޮފެއް ނަގައިގެންނެވެ. ޗުއްޓީ ހޭދަކުރުމަށްޓަކައި އާލިއާ އޭނާގެ ރައްޓެއްސެއްކާއެކު ހުރީ ލަންޑަންގައެވެ. ސިދާތް މިއާމީގައި ފިލްމެއްގެ ޝޫޓިންގ ގައި ހުރުމަށްފަހު ޝޫޓިންގ ނިންމާލުމަށްފަހު ވަނީ ލަންޑަނަށް ގޮސްފައެވެ. ސިދާތް ލަންޑަނަށް ދިޔުމުގެ ބޭނުމަކީ އާލިއާ ލަންޑަންގައި ހުރުންކަމަށްވެސް ވެދާނެތާއެވެ. ކޮންމެއަކަސް މިދެތަރިން މިވަނީ ލަންޑަންގައި ބައްދަލުކޮށްފައެވެ. އާލިއާގެ ރައްޓެއްސެއްކާ ސިދާތް އާއި އާލިއާ އާއެކު ނަގާފައިވާ ފޮޓޯއެއް މިވަނީ އާންމުވެފައެވެ.

މިފޮޓޯއާއެކު ގިނަ ބަޔެއްގެ ސަމާލުކަން މިވަނީ އަނެއްކާވެސް މިދެތަރިންނަށް ހުއްޓިގެން ގޮސްފައެވެ. މިކަމާގުޅިގެން ދެން ދެތަރިން ބުނާނެ އެއްޗެއްވެސް ބަލަން ތިބެމާއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *