ދުވަހުގެ މައުލޫމާތު : ކައްޓަލައާއި ބެހޭ މި މައުލޫމާތުކޮޅު އެނގޭތަ !؟

އެނގޭތ؟

ކައްޓަލައަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަގުބޫލް އަދި ދިވެހިވަންތަ ދިވެހި ކެއުމުގައި ހުރުން މަޖުބޫރުއެއްޗެކެވެ. ފަލަމަޑީގެ ބާވަތް ތަކުގެ ތެރެއިން ކައްޓަލައަކީ އެ ވެޔޮގެ ފަތް ވެސް ކެއުމަށްބޭނުންކުރެވޭ އެއްވެކެވެ.

ކެއްކުމުގައި ތަފާތު ބޭނުން ތަކުގައި ކައްޓަލަ ބޭނުންކޮށް އުޅެއެވެ. ފެނުކައްކައިގެން އަދި ތެލުލައިގެންވެސް ވަރަށް ގިނައިން ބޭނުންކޮށް އުޅެއެވެ. މޮޑަރން ކުއިޒިން ތަކުގައި ސޫޕް އަދި ސައިޑް ކޮންޕެނިމެންޓް އަދި ފޮނި އެއްޗެހި ހެދުމުގައި ގިނަ ޝެފުން ކައްޓަލަ ބޭނުންކުރެއެވެ.

ވިޓަމިން އޭ އަދި ވިޓަމިން ސީ އިން މުއްސަނދިވެފައިވާ އަދި މިނޫންވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާ ތަކެއް ލިއްބައިދޭ ކައްޓަލައަކީ ކެއުމުގައި ގިނައިން ބޭނުންކުރުން އެދެވިގެންވާ އެއްޗެކެވެ.

ޗައިނާއަކީ ދުނިޔޭގެ ބާޒާރުގައި އެންމެ ގިނައިން ކައްޓަލަ ވިޔަފާރިކުރާ ގައުމެވެ. އަހަރެއްގެ މަށްޗައްބަލާއިރު 77.37 މެޓްރިކް ޓަނައްވުރެގިނައިން ޗައިނާގައި ކައްޓަލަ އުފައްދައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *