އިމާމް ޖައުފަރާއި ބޭސްވެރި ކަމުން އަރާ ހުންނެވި ބޭފުޅަކާއި ދެމެދު ދެކެވުނު ވާހަކައެކެވެ.
އެމީހާ އިމާމް ކުރެން ސުވާލް ކުރެއްވިއެވެ. މިރޮނގުގައި އަހަރެންގެ ފަރާތުން ދަސްކުރަން ބޭނުންވާ އެއްޗެއް އެބައޮތް ހެއްޔެވެ.
އިމާމް އެކަމާއިންކާރު ކުރަމުން ބުނެލިއެވެ. އަހަރެންގެ ދީން އަހަންނަށް އެކަންކަން ދަސްކޮށް ދިނެވެ. އަދި ކުރިއަށް ގެންދިޔައެވެ.
އަހަންނަށް އަޅެ ބުނެދީބަލާށެވެ. ބޮލުގައި އިސްތަށި ހުންނަނީ ކީއްވެ ހެއްޔެވެ؟ ބޮލުގެ ފުއްކިބައިގައި ރޫ ހުންނަނީ ކީއްވެ ހެއްޔެވެ؟ އަލްމަންޑެއްގެ ސިފައިގައި ލޯ ހުންނަނީ ކީއްވެ ހެއްޔެވެ؟ ނޭފަތް ދެ ލޮލުގެ މެދުގައި ހުންނަނީ ކީއްވެ ހެއްޔެވެ ؟ އިސްތަށިގަނޑާއި ނިޔަފަތީގައި ދިރުމެއް ނުހުންނަނީ ކީއްވެ ހެއްޔެވެ؟
މި ސުވާލުތައް އަޑު އިވިފައި މިމީހާ ބަސް ހުސްވިއެވެ. އަގައިން ނިކުތީ އެއްމެ ލަފްޒެކެވެ. އަހަންނަކަށް ނޭންގެއެވެ.
އިމާމް މިކަންކަން އޮޅުން ފިލުވަދިނެވެ. ގުދުރަތުގެ ރީތި ރޭވުން ކިޔައި ދިނެވެ.
ބޮލުގައި އިސްތަށި ހުރުމުގެ ސިއްރަކީ އިސްތަށީގެ ސަބަބުން ތެޔޮ ބޮލަށް ދަތުރު ކުރެ އެވެ. އަދި ހޫނު ބޭރުކޮށް ދެއެވެ. މިކަމުން އެއް ވަރަކަށް ފިނިހޫނުމިން ހިފަހައްޓާ ދިނުމަށް އެހީތެރިވެދެއެވެ.
ބޮލުގައި ރޫހުރުމުން ދާތަށް ލޮލަށް އެޅުމަށް ނަގާ ވަގުތު ގިނަ ވެއެވެ. އަދި ދާ ފޮހެލުމަށް ވަގުތު ލިބެއެވެ.
ލޮލުގެ ބައްޓަން އަލްމަންޑެއްގެ ސިފައިގައި ހުރުމުން ލޮލަށް އެޅޭ ހިރަފުސްތަކުން ލޯރައްކާތެރި ކޮށްދެއެވެ.
ނޭފަތް ދެލޮލުގެ މެދުގައި ހުރުމުން އަލި އެއްވަރަކަށް ލޮލުގެ ރެތެރައަށް ވަނުމަށް އެހީތެރި ވެދެއެވެ.
އިސްތަށިގަނޑު އަދި ނިޔަފަތީގައި ދިރުމެއް ނުހުންނަނީ، އިސްތަށި ކޮށުމުގައްޔާއި ނިޔަފަތި ކެޑުމުގައި ތަޑު އިހްސާސް ނުކުރުމަށެވެ.
އަދި ނިންމާލަމުން ބުންޏެވެ، ވިސްނައިފިނަމަ ގުދުރަތުގެ ކޮންމެ ކަމެއްގައިވެސް އިބުރަތެއްވާނެއެވެ.