އެސްޓީއޯ އިން ނެޝަނަލް ޑްރަގް އޭޖެންސީގެ ވޮކޭޝަނަލް ތަމްރީންތަކަށް ތަކެތި ފޯރުކޮށްދީފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނެޝަނަލް ޑްރަގް އޭޖެންސީގެ ވޮކޭޝަނަލް ތަމްރީންތަކަށް ތަކެތި ފޯރުކޮށްދީފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މުޞްލިޙް މަސީޙު އެވެ. އެންޑީއޭގެ ފަރާތުން ސޮއި ކުރެއްވީ އެންޑީއޭގެ ސީއީއޯ ހަސަން ޝަހީލްއެވެ.

މި ރަސްމިއްޔާތުގައި  ވާހަކަ ދައްކަވަމުން މުޞްލިހް ވިދާޅުވީ އެސްޓީއޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މިއަދު އެންޑީއޭއާއެކު މިވެވުނު އެއްބަސްވުމަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާއި ގުޅުވައިގެން ވެވުނު އެއްބަސްވުމެއްކަމަށެވެ.

އަދި މި އެއްބަސްވުމުގެ ސަބަބުން އެންޑީއޭގެ ދަށުން ރީހެބިލިޓޭޓް ވަމުންދާ ކުދިން ވަޒީފާއަށް ނުކުންނަ އިރު އެކުދިންނަކީ ހުނަރުވެރި މަސައްކަތުގެ މައިދާނަށް އަހުލުވެރިވެފައިވާ ކުދިން ކަމުގައި ވެގެންދާނެ ކަމަށެވެ.

ޝަހީލް ވިދާޅުވިގޮތުގައި އެންޑީއޭއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރީހެބިލިޓޭޝަން ސެންޓަރުތަކެއް ދަނީ ހިންގަމުން ކަމަށާއި މިއަދު މިވެވުނު އެއްބަސް ވުމުގެ ސަބަބުން އެ ސެންޓަރުތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެންޑީއޭއިން ކުރާ މަސައްކަތްތަކަށް އެސްޓީއޯއިން ވެދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *