އަބަދުމެ ނަމާދުކޮށް ޒަކާތްދީ ސަދަގާތްކޮށް ހަނދައެވެ.އެއްވެސް ކަހަލަ ޝައިތާނީ ވަސްވާހެއް އަންނަހެނެއް އޭނާގެ އުޅުމަށް ބަލައިލުމުން ފާހަނގަވެގެން ނުދާނެއެވެ.
އެއްރެއެއްގެ ފަތިހެވެ. މިމީހާއަށް ހޭލެވުނީ ބިރުން ތެމި ފޯވެގެނެވެ. ހުވަފެނުގައި އޭނާ ގާތު މީހަކު ބުނި ކަހަލައެވެ. މިވެނި މީހެއްގެ ކިބައިން ނަމޫނާ ލިބިގަންނާށެވެ.
ކޮންމެޔަކަސް ހެނދުނު މިމީހާ އަވަސްވެގަތީ އެމީހަކު ހޯދާށެވެ. އާދައަގެ ވިޔަފާރި ވެރިއެކެވެ. މިވިޔަފާރި ވެރިޔާކުރެން މިމީހާ ދަސްކުރާނީ ފަހެ ކޮންއެއްޗެއްތޯ ހިތާ ހިތާ ބުނެލަމުން ހީލިއެވެ.
ވިޔަފާރި ވެރިޔާ ކަންތައް ކުރާގޮތް ބެލުމަށް މިމީހާ ފިހާރައިގެ ކަނެއްގައި ބަހައްޓައިފައިހުރި ގޮޑިއެއްގައި މަޑުކޮށްލިއެވެ.
ހީކުރި ގޮތާ މުޅިން ޚިލާފެވެ. މި ވިޔަފާރި ވެރިޔާ ކުރެން އެއްވެސް އަޖައިބު ކުރުނެވި ކަމެއް ނުފެނުނެވެ. އަބަދުވެސް އުޅެނީ ފައިސާއާ މަސްއޫލުވެގެނެވެ.
މިމީހާ މިތާ ވަރަށް ގިނައިރު ހުންނަން ފެށުމުން ވިޔަފާރިވެރިޔާ ސުވާލުކޮށް ލިއެވެ. ސަލާމް! ކީއް ކޮށްލަނީ….
ވަރަށް ހާސް ކަމާއިއެކު މިމީހާ ވިޔަފާރި ވެރިޔާއަށް އޭނާއަށް ފެނުނު ހުވަފެނުގެ ވާހަކަ ކިޔައިދިނެވެ.
އިރުކޮޅަކު ހުރެލާފައި ވިޔަފާރި ވެރިޔާ ބުންޖެވެ. އަހަރެން ތިކަމާ ބަހެއް ބުނާނީ އަހަރެންގެ މަސައްކަތެއް ކޮށް ދިނުމުން…
މިމީހާ އެކަމަށް އެދިފައި ހުރިލެއް ބޮޑު ކަމުން އަވަހަށް އާނ! އެކޭ ބުނެލިއެވެ.
އަނެއްކާވެސް އަޖައިބު ވާފަދަ ކަމެކެވެ. ވިޔަފާރި ވެރިޔާ އެދުނީ ބޮލުމަތީގައި ފެން ރުނބައެއް ބަހައްޓައިގެން އެއްމެ ފެންތިއްކެއްވެސް އުކާނުލާ ބައި ގަޑީ ރުތެރޭގައި ރަށް ވަށައި ބުރެއް ޖަހައިފައި އައުމަށެވެ.
ކޮންމެޔަކަސް ވަރަށް ބާރަށް ބުނި ގަޑި އިރު ތެރޭގައި މިކަން ކޮށް ނިންމާލައިފިއެވެ.
އަނެއްކާވެސް ވިޔާފާރި ވެރިޔާގެ ސުވާލު ވަރަށް ވެސް ތަފާތެވެ. ދެންމެ ތިރުނބާ ބޮލަށް ލައިގެން ދިޔައިރު ﷲ ގެ މަތިން ހަދާން ވިތަ!….
ހައިރާންކަމާއި އެކު މީނާ ނޫނެކޭ ބުންޏެވެ. ވިޔަފާރި ވެރިޔާ ކުރިއަށް ގެންދިޔައެވެ. އަހަރެމެން ދެމީހުންގެ މެދުގައިވާ ތަފާތަކީ މިއީއެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭ! ﷲ ގެ މަތިން ހަދުމަކުރުން ކުރުން މަތީ ދެމިހުންނާށެވެ.